ގަރުދިޔަ ރެސިޕީ

ޒަމާނުންސުރެން ގަރުދިޔައަކީ ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެއް ކެއުމެވެ. އެގޮތުން ގަރުދިޔަ ތައްޔާރުކޮށްލުމަކީ މާ އުދަނގު ކަމެއް ނޫނެވެ. އެމީހަކު ބޭނުން ބާވަތެއްގެ މަހެއް ބޭނުން ކުރެވިދާނެއެވެ. ދ...

15 Jul 2024 | 13:35

ޒަމާނުންސުރެން ގަރުދިޔައަކީ ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެއް ކެއުމެވެ.

އެގޮތުން ގަރުދިޔަ ތައްޔާރުކޮށްލުމަކީ މާ އުދަނގު ކަމެއް ނޫނެވެ.

އެމީހަކު ބޭނުން ބާވަތެއްގެ މަހެއް ބޭނުން ކުރެވިދާނެއެވެ. ދިވެހިންގެ ތެރޭގައި އެންމެ އާއްމުކޮށް ގަރުދިޔަ ކެއްކުމަށް ބޭނުން ކުރަނީ ކަނޑު މެހެވެ. މީގެއިތުރުން ފަރުމަސް އަދި ކުކުޅުވެސް ބޭނުން ކުރެވިދާނެއެވެ.

ކަނޑުމަހު ގަރުދިޔައަށް ބޭނުންވާނެ ތަކެތި

  1. އާދައިގެ މެދު ސައިޒު ކަނޑުމަހެއް
  2. އެއް ލީޓަރު އާދައިގެ ފެން
  3. ރަހަ ހެޔޮވަރުވާ ވަރަށް ލޮނު
  4. އެއް ފިޔާ (އޮޕްޝަނަލް)
  5. ހިކަނދިފަތް (އޮޕްޝަނަލް)

ތައްޔާރުކޮށްލާނެ ގޮތް

  1. ފެންފޮދު ތެއްޔަކަށް އަޅާލުމަށް ފަހު އުދާލާށެވެ.
  2. ފެން ފޮދުގެ ތެރެއަށް ލޮނު ކޮޅެއް އަޅާލުމަށް ފަހު މަޑު ގިނީގައި ކައްކާލާށެވެ.
  3. ފެން ފޮދު ހޫނު ވުމުން ކުދިކޮށް ކޮށާފައި މަސްކޮޅު އަޅާލާށެވެ.
  4. ގަރުދިޔަގަނޑުން ގަރު ނަގާލާށެވެ.
  5. އެއަށް ފަހު ފިޔާ އަދި ހިކަނދިފަތްކޮޅުލާ ދިހަ ވަރަކަށް މިނެޓު ވަންދެން ކައްކާލާށެވެ.(އޮޕްޝަނަލް)

ގަރުދިޔައަކީ ބަތާއި އެކުވެސް ރޮއްޓާ އެކުވެސް ކާލަން މީރު އެއްޗެކެވެ.

https://dhuvas.mv/262758

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް