ރައްޔިތުންގެ ކާބޯތަކެއްޗާ ހަމައަށް އަންނަން ވާނީ އެހެން ހުރިހާ ފިޔަވަޅެއް އަޅާފަ އެންމެ ފަހުން ކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އަލީ ޒައިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެވޭނެ އެތައް ގޮތެއް އޮތްއިރު، ޚަރަދުކުޑަކުރުމުގެ ނަމުގައި ޢާއްމު ރައްޔިތުން ހަމައެކަނި ގަރުދިޔައާއި ބަތާ ކައިގެން އުޅެން ސަރުކާރުގެ އިސް ބޭފުޅަކު ވާހަކަ ދެއްކީތީ ހިތާމަ ކުރައްވާކަމަށެވެ. އަދި އެއީ ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށް ވެސް އަލީ ޒައިދު ވަނީ ވިދާޅުވެފައެވެ.
ރޭ ޕީއެންސީ ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ވަޒީރު އަލީ އާރިފް ޚަަރަދު ކުޑަކުރުމުގެ މެޒާސް ނެގުމުގެ ގޮތުން، އަބަދު ޓޭކްއަވޭ ހަދައިގެން ކާ ކެއުން ހުއްޓާލައި ގަރުދިޔައާއި ބަތާއި ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ސޯސަލް މީޑިޔާގައި ގިނަ ބަޔަކު ދަނީ ސަރުކާރަށާއި ސަރުކާރުގެ ވެރިންނަށްވެސް ފާޑުކިޔުންތަކެއް އަމާޒު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް