ސަރުކާރުގެ މާލީ ޚަރަދު ކުޑަކުރަން ވެރިން ނަމޫނާ ދައްކަން ޖެހޭ!

ސަރުކާރުގެ މާލީ ޚަރަދު ކުޑަ ކުރަން ވެރިން ނަމޫނާ ދައްކަން ޖެހޭ ކަމަށް ފާރިޝް މައުމޫނު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ މާލީ ޚަރަދު އިޙްލާސްތެރިކަމާއި އެކީ ކުޑަ ކުރުމަށް ބޭނުންވާނަމަ، އެކަނަކަން ފަށަން ޖެހ...

15 Jul 2024 | 12:06

ސަރުކާރުގެ މާލީ ޚަރަދު ކުޑަ ކުރަން ވެރިން ނަމޫނާ ދައްކަން ޖެހޭ ކަމަށް ފާރިޝް މައުމޫނު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މާލީ ޚަރަދު އިޙްލާސްތެރިކަމާއި އެކީ ކުޑަ ކުރުމަށް ބޭނުންވާނަމަ، އެކަނަކަން ފަށަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު އާއި ވަޒީރުންގެ މަޖިލީހާއި، ސިޔާސީ މަޤާމުތަކުގައި ތިއްބެވި އެންމެހާ ބޭފުޅުންނާއި، އަދި އެސް.އޯ.އީ.ގެ އެމް.ޑީއިންގެ މުސާރަ ކުޑަ ކޮށްގެން ކަމަށް ފާރިޝް ވަނީ ވިދާޅުވެފައެވެ.

މީގެެއިތުރަށް ފާރިޝް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ މުސާރަވެސް ކުޑަ ކުރަން ޖެހޭ ކަމަށެވެ.

އަދި ސަރުކާރުގެ މާލީ ޚަރަދު ކުޑަ ކުރުމަށް ވެރިން ނަމޫދާ ދައްކަން ޖެހޭ ކަން ފާރިޝް ވަނީ ފާހަގަ ކުރައްވާފައެވެ.

ފާރިޝް މިހެން ވިދާޅުވެފައ ިމިވަނީ ރައީސް އޮފީހުގެ ވަޒީރު އަލީ އާރިފް ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ޚަަރަދު ކުޑަކުރުމުގެ މެޒާސް ނެގުމުގެ ގޮތުން، އަބަދު ޓޭކްއަވޭ ހަދައިގެން ކާ ކެއުން ހުއްޓާލައި ގަރުދިޔައާއި ބަތާއި ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން ޖެހޭ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން ސޯސަލް މީޑިޔާގައި ގިނަ ބަޔަކު ދަނީ ސަރުކާރަށާއި ސަރުކާރުގެ ވެރިންނަށްވެސް ފާޑުކިޔުންތަކެއް އަމާޒު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް