ރައްޔިތުންނަށް ބޭނުން އެއްޗެއް ކައިގެން އުޅެވޭނެ، ސަރުކާރުން ކުޑަކުރަނީ ދައުލަތް ހިނގުމުގެ ހަރަދު: އަޒާން

ރައްޔިތުންނަށް ބޭނުން އެއްޗެއް ކައިގެން އުޅެވޭނެ ކަމަށާއި ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ކުޑަ ކުރަނީ ދައުލަތް ހިންގުމުގެ ހަރަދު ކަމަށް ހިތަދޫ ދާއިރާގެ މެމްބަރު އަޒާން ވިދާޅުވެއްޖެއެ...

15 Jul 2024 | 10:27

ރައްޔިތުންނަށް ބޭނުން އެއްޗެއް ކައިގެން އުޅެވޭނެ ކަމަށާއި ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ކުޑަ ކުރަނީ ދައުލަތް ހިންގުމުގެ ހަރަދު ކަމަށް ހިތަދޫ ދާއިރާގެ މެމްބަރު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން މިހެން ބުނެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަޒާން މިހެން ވިދާޅުވެފައި މިވަނީ ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި އާރިފް،މި ދުވަސްވަރު ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތާ ގުޅިގެން ހަރަދުކުޑަކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވަނިކޮށެވެ.

އާރިފް ރޭ ޖަލްސާގައި ވާހަކަ ދައްކަމުން ބުނީ ހަރަދު ކުޑަ ކުރުމަށް އަބަދު ޓޭކްއަވޭ ތަންތަނުން ކާ އެއްޗެހި ގެނުމުގެ ބަދަލުގައި އަމިއްލައަށް ގޭގައި ގަރުދިޔައާއި ބަތް ފަދަ އާދައިގެ ކެއުންތައް ކައްކައިގެން ފުއްދާލުމަށެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސޯސަލް މީޑިޔާގައި ނުރުހުން ފާޅުކުރަމުންނެވެ.

މިގޮތުން އަޒާން ސޯސަލް މީޑިޔާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުޑަ ކުރަނީ ދައުލަތް ހިންގުމުގެ ހަރަދުކަމަށެވެ.އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސިޔާސަތުތަކެއް ކަނޑައަޅުއްވާފައިވާކަމަށްވެސް އަޒާން ވަނީ ވިދާޅުވެފައެވެ.

އަދި އަޒާން ވަނީ އެ ސިޔާސަތު ތަކުގެ ތެރޭ ހިމެނޭ ބައެއް ކަންކަން  ހިއްސާކޮށްފައެވެ.

އޭގެތެރޭގައި އަޒާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދު ކުރުމާއި، ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރުމާއި، އެކިއެކި ކޮމިޝަންތަކުގެ މެމްބަރުންގެ އަދަދު މަދު ކުރުމާއި، އާސަންދަ، އެންސްޕާ، ހިންގުމުގެ އުސޫލުތައް ހަރުދަނާ ކުރުމާއި، އެކި އެކި ސަބްސިޑީސް، އެ ސަބްސިޑީސް އެންމެ ހައްޤުވާ ފަރާތްތަކަށް ލިބޭކަން ކަށަވަރުކުރުން ހިމެނޭ ކަމަށެވެ.

އަދި މީގެ އިތުރުން އަޒާން ވިދާޅުވީ، ރައްޔިތުންނަށް ބޭނުން އެއްޗެއް ކައިގެން އުޅެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް