އެމްއެމްއޭގެ ގަވަރުނަރު މިއަދުވެސް މަޖިލީހަށް ހާޒިރުވެ ވަޑައެއް ނުގެންނެވުނު

ރައްޔިތުންގެ މަޖިލީހުގެ މާލިޔަތު ކޮމިޓީގެ އެދިލެއްވުމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ޙާޝިމަށް މިއަދުވެސް މަޖިލީހަށް ވަޑައެއް ނުގެންނެވުނެވެ. މިއަދު މާލިޔައްތު ކޮމިޓީން ގަވަރުނަރާ ބައްދަލުކުރުމަށް ތާވ...

15 Jul 2024 | 10:18

ރައްޔިތުންގެ މަޖިލީހުގެ މާލިޔަތު ކޮމިޓީގެ އެދިލެއްވުމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ޙާޝިމަށް މިއަދުވެސް މަޖިލީހަށް ވަޑައެއް ނުގެންނެވުނެވެ.

މިއަދު މާލިޔައްތު ކޮމިޓީން ގަވަރުނަރާ ބައްދަލުކުރުމަށް ތާވަލްކުރީ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާއި ގުޅޭ މައްސަލައާއި ގުޅިގެންނެވެ. އަދި މާލިއްޔަތު ކޮމިޓީގެ މެންޑޭޓުގެ ދަށުން އެމްއެމްއޭގެ މަސައްކަތާ ގުޅޭ މައުލޫމާތު އޮޅުންފިލުވައި ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން މެންބަރުން އޮޅުން ފިލުވަން ބޭނުންވާ ކަންކަން އޮޅުން ފިލުވުމަށެވެ.

އެހެން ނަމަވެސް މިއަދުގެ މަޖިލީހަށް ގަވަރުނަރަށް ވަޑައިނުގެންނެވޭނެކަމަށް ކަމަށް އެންގެވީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އެގޮތުން އެމްއެމްއޭއިން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވި ސިޓީގައި ވަނީ ގަވަރުނަރު އަލީ ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން ޖަވާބުދާރީ ވެ ވަޑައިގަތުމަށް މަޖިލީހުގެ ކޮމިޓީއަށް މިއަދު ގަވަރުނަރަށް ހާޒިރުވެ ވަޑައިނުގެންނެވޭނެ ކަމަށެވެ.

މާލިއްޔަތު ކޮމިޓީން ދަނީ ރާއްޖޭގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހޯދުމަށް ކަމާގުޅުން ހުރި އެކި އިދާރާތައް ކޮމިޓީއަށް ހާޒިރުކުރަމުންނެވެ. އެގޮތުން މިދިޔަ މަހު އެ ކޮމިޓީއަށް މާލީ ވަޒީރުވެސް ވަނީ ހާޒިރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް