ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް އިސްމާއިލް ހަބީބްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒު ރައީސް އަބްދުއްރަހީމަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ އެ ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުޢިއްޒަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ފޮނުއްވާ ކަމަށާއި އެ ފަރާތަކީ އަލްއުސްތާޛް އިސްމާއިލް ހަބީބް އަބްދުއްރަހީމް ގ. ގާކޮށި ފްލެޓް 111-B ކަމަށެވެ.
މަޖިލީސް ރައީސް އަބްދުއްރަހީމް ވަނީ އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުއްވާފައެވެ.
އިސްމާއިލް ހަބީބު އެންމެ ފަހުން އަދާކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް