މަރްޙޫމް ޙުސައިން ޝަރީފަކީ އިޙްސާންތެރި ބޭފުޅެއް: ރައީސް މުޢިއްޒު

އިއްޔެ ނިޔާވި ހ. މިރިހި، މަރްޙޫމް ޙުސައިން ޝަރީފަކީ އިޙްސާންތެރި ބޭފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެ ހިތާމައިގާ ބައިވެރިވ...

15 Jul 2024 | 04:56

އިއްޔެ ނިޔާވި ހ. މިރިހި، މަރްޙޫމް ޙުސައިން ޝަރީފަކީ އިޙްސާންތެރި ބޭފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެ ހިތާމައިގާ ބައިވެރިވެ ޢާއިލާއަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައެވެ.

އެކްސްގައި ރައީސް ވިދާޅުވެފައިވަނީ މަރުޙޫމް ޙުސައިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ޤައުމީ ޚިދުމަތްތެރިއެއް ކަމަށާއި އަދި މިސްކިތް ބިނާކުރެއްވުމާ، ނިކަމެތީންނަށާއި ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި އިޙްސާންތެރި ބޭފުޅެއްކަމަށެވެ.

" ހިތާމައިގާ ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާ ނިޢުމަތުގައި މަރުޙޫމް ޙުސައިން ޝަރީފް ލަހައްޓަވާށިއެވެ. އާމީން" ރައީސް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އެންމެ މަގުބޫލު އެއް ރިސޯޓު ކަމުގައިވާ އޯޒެން ރިޒާވް ބޮލިފުށި ކުއްޔަށް ނަންގަވައިފައިވާ ޙުސައިން ޝަރީފް (ބޮލިފުށި ޝަރީފް) އިއްޔެގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. ހ.މިރިހި, ޝަރީފް ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ޝަރީފަކީ ކ.ބޮލިފުށި ކުއްޔަށް ނަގާފައިވާ ގޭޓްވޭ މޯލްޑިވްސް ކުންފުނީގެ މައި ހިއްސާދާރެވެ. ގޭޓްވޭ މޯލްޑިވްސް ކުންފުނި ވުޖޫދަށް އައީ 1994 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް