މި ހިނގާ 2024 ވަނަ އަހަރު ނިމޭއިރު ބ. ކެންދޫއަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެކަމުގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވަޒީރާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ކުރެން މެންބަރު އެއްސެވީ ކުރީ ސަރުކާރުން އެމްޑަބްލިއުއެސްސީ މެދުވެރިކޮށް ފަށާ އަދި ނިމުމަކާއި ހަމައަށް ގޮސްފައިވާ، ބ. ކެންދޫ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ހުއްޓިފައިވާއިރު ބާރަށް ކުރިއަށްގޮސް ޚިދުމަތް ލިބުމަށް ރައްޔިތުން އެދޭއިރު ޕްރޮޖެކްޓް ނިންމައި ޚިދުމަތް ދެވޭނެ ތާރީޚަކީ ކޮބައިތޯ؟ އެވެ.
ޖަވާބުގައި ވަޒީރު ވިދާޅުވީ އެ މަޝްރޫޢަކީ 720 ދުވަސްތެރޭގައި ނިންމަން 44.8 މިލިޔަން ރުފިޔާއަށް 15 ނޮވެމްބަރ 2020 ގައި ހަވާލުކޮށްފައިވާ މަޝްރޫޢެއް ކަމަށާއި މި ސަރުކާރުން ހަވާލުވިއުރ އެ ޕްރޮޖެކްޓްގެ މަސައްކަތް އޮތީ ވަރަށް ބޮޑަށް ހުއްޓިފައި ކަމަށެވެ. 2022 ގައި ނިންމަން އޮތް އެ މަޝްރޫޢުގެ މަސައްކަތް މިހާރު ފެށި މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ނިމޭނެކަމުގައި ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް