މިއަށްވުރެ ގާނޫނު ތަންފީޒުކުރަން ފަސޭހަ ދައުރެއް ނުދެކެން: ކޮންޓްރޯލަރ އޮފް އިމިގްރޭޝަން

މިއަށްވުރެ ގާނޫނު ތަންފީޒުކުރުމަށް ފަސޭހަވެގެންދިޔަ  ދައުރެއް އަދި ދެކެވަޑައިނުގަންނަވާ ކަމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު މިރޭ ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގަ...

14 Jul 2024 | 21:49

މިއަށްވުރެ ގާނޫނު ތަންފީޒުކުރުމަށް ފަސޭހަވެގެންދިޔަ  ދައުރެއް އަދި ދެކެވަޑައިނުގަންނަވާ ކަމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު މިރޭ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ  ހައްލުކުރުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތައް ގުޅިގެން ވަނީ ޚާއްސަ އޮޮޕަރޭޝަންތަކެއް ފަށައިފައެވެ.

މިކަމަށް އިޝާރަތް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްޢާން ވިދާޅުވީ ކަމާ ގުޅުން ހުރި އެންމެހާ އިދާރާތަކުން ނަތީޖާއަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތުގައި، ގާނޫނު ތަންފީޒީ އިދާރާތަކަށް ގާނޫނު ތަންފީޒުކުރުމަށް އެއްވެސް ޕްރެޝަރެއް ނެތް ކަމުގައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެއްވުމަށް ރައީސް ‎މުޢިއްޒުގެ އިރުޝާދުގެ ދަށުން ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކުން ނަތީޖާއަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތުގައި، ގާނޫނު ތަންފީޒީ އިދާރާތަކަށް ގާނޫނު ތަންފީޒުކުރުމަށް އެއްވެސް ޕްރެޝަރެއް ނެތް.''

މިއަށްވުރެ ގާނޫނު ތަންފީޒުކުރުމަށް ފަސޭހަވެގެންދިޔަ ދައުރެއް އަދި ދެކެވަޑައިނުގަންނަވާ ކަމުގައި ވެސް އިމިގްރޭޝަން ކޮންޓްރޯލަރ ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް އޮޕަރޭޝަނެއް ވެސް ފަށާފައެވެ. މި އޮޮަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އުސޫލުގެ  ތެރެއިން މި ފަރާތްތައް ރާއްޖެއިން ޑީޕޯޓުކޮށް ފޮނުވައިލެވޭނެ ކަމަށް ވެސް ޝަމްޢާން ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް