އާރްޓީއެލް ފެރީ ޚިދުމަތް ހުވަދު އަތޮޅުގައި ފަށައިފި

ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 5 ގެ ގއ. އަދި ގދ. އަތޮޅުގައި ފެށިއް...

15 Jul 2023 | 10:09

ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 5 ގެ ގއ. އަދި ގދ. އަތޮޅުގައި ފެށިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޒޯން 5ގެ އާރްޓީއެލް ފެރީ ދަތުރުތައް ހިލޭ ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިއީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުމަށް ފަހިކޮށްގދިން ފުރުސަތެއް ކަމުގައި އެ ކުނފުނިން ވަނީ ބުނެފައިއެވެ.

ނަމަވެސް މި ހަފްތާގެ ބުރާސްފަތް ދުވަހުން ފެށިގެން ވަނީ ފައިސާ ނެގުމަށް ހަމަޖެހިފައެވެ.

އެމްޓީސީސީ އިން ބުނީ އާރްޓީއެލް ފެރީތަކަކީ ޖުމްލަ 50 ފަސިންޖަރުންނަށް އަރާމު ކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެއް ކަމެވެ. އަދި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވީލްޗެއަރ ސްޕޭސް އާއި ސްޓްރެޗަރ ސްޕޭސް ހުންނާނެ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރަށް ޒޯން 5 ގެ ގއ. އަދި ގދ. އަތޮޅުގެ އާރް.ޓީ.އެލް ފެރީ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު ، އާރް.ޓީ.އެލް ބްރޭންޑްގެ 6 ސްޕީޑް ފެރީ މެދުވެރިކޮށް، 9 ރޫޓަކުން ލިބިވަޑައިގަންނަވާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި އާރް.ޓީ.އެލް ފެރީ ޚިދުމަތުގެ ޝެޑިއުލް އާރް.ޓީ.އެލް ވެބްސައިޓު އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެކަމަށްވެސް އެމްޓީސީސީ އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް