މުލަކު މިފްކޯ މަސް ބަނދަރު މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެ

މ. މުލަކު މިފްކޯ މަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތާއ...

15 Jul 2023 | 10:04

މ. މުލަކު މިފްކޯ މަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތާއި ބޮލާރޑް އާއި ވީ – ފެންޑަރ ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތް ތަކުގެ 91 ޕަސެންޓްވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދިނެވެ.

މި މަޝްރޫޢުގެ ދަށުން، 22,240 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 8640 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ. އަދި 160 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 640 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައަކަތްވެސް ހިމެނޭކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މީގެ އިތުރަށް ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، ބޮލާރޑް އާއި ވީ- ފެންޑަރ ހަރުކުރުމާއި، ޑްރެއިނޭޖް ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

އެމްޓީސީސީ އިން ހާމަކުރާ ގޮތުގައި މިއީ 52.95 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް