މި އަހަރުގެ މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަންނަނީ

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިލިއަން ވަނަ ފަތުރުވެރިޔާ އައުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދު...

15 Jul 2023 | 10:01

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިލިއަން ވަނަ ފަތުރުވެރިޔާ އައުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރުއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް979،884 ފަތުރުވެރިން ރާއްޖެ އަހިސްފައިވެއެވެ.

މި އަހަރު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަހިސްފައި ވަނީ، މިދިޔަ އަހަރެކޭ އެއްގޮތަށް އިންޑިޔާއިންނެވެ. ދެވަނައިގައި ރަޝިޔާ އަދި ތިންވަނައިގައި ވަނީ ޔޫކޭއެވެ. އޭގެ އިތުރުން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަހިސްފައި ވަނީ ޗައިނާ، ޖަރމަނީ، އިޓަލީ، ޔޫއެސްއޭ، ފްރާންސް، ސްވިޒަރލެންޑް އަދި ސައުތް ކޮރެޔާއިންނެވެ.

ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް170 ރިސޯޓު ހުރިއިރު13 ހޮޓަލާއި909 ގެސްޓްހައުސް ރާއްޖޭގައި އެބަހުއްޓެވެ. އަދި160 ސަފާރީއަކުން ފަތުރުވެރިންނަށް ހިދުމަތް ދެއެވެ.

އެންމެ ގިނަ ގެސްޓްހައުސް ހިންގަމުން ދަނީ ޒޯން 3 ގައެވެ. އެއީ ކ، އއ، އދ، ވ އަތޮޅުގައެވެ. އެއީ59 އިންސައްތަ ގެސްޓްހައުސްއެވެ. އަދި24 އިންސައްތައާއެކު ދެވަނައަށް އެންމެ ގިނަ ގެސްޓްހައުސް ހިންގަނީ ޒޯން2 ގައެވެ. އެ ޒޯންގައި ހިމެނެނީ ނ، ރ، ބ އަދި ޅ އަތޮޅެވެ. އެންމެ3 ޕަސެންޓާއެކު އެންމެ މަދު ގެސްޓްހައުސް ހިންގަނީ ޒޯން1 ކަމުގައިވާ ހއ، ހދ އަދ ށ އަތޮޅުގައެވެ.

މިދިޔަ އަހަރުގެ މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައީ އޮގަސްޓް 12 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް