އައްޒަގެ އިންސްޓަގްރާމް އެކައުންޓް ވެރިފައި ވެއްޖެ

މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަގެ އިންސްޓަގްރާމް އެކައުންޓް ވެރިފައި ވެއްޖެއެވެ. އިންސްޓަގްރާމް އެކައުންޓް ވެރިފައި ވެފައިވާކަން ހާމަކޮށް އައްޒަ ކުރި ޕޯސްޓެއްގައި ބުނީ، އެއީ ހުވަފެނެއް ހަގީގަތަކަށ...

15 Jul 2023 | 07:57

މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަގެ އިންސްޓަގްރާމް އެކައުންޓް ވެރިފައި ވެއްޖެއެވެ.

އިންސްޓަގްރާމް އެކައުންޓް ވެރިފައި ވެފައިވާކަން ހާމަކޮށް އައްޒަ ކުރި ޕޯސްޓެއްގައި ބުނީ، އެއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. އަދި އައްޒަ ވަނީ އޭނާގެ ފޭނުން ބަހައްޓާ ގާތްކަމާއި ދޭ ލޯތްބަށް ޝުކުރު އަދާކޮށްފައެވެ.

އަދި މިހާހިސާބަށް އާދެވުނީ ފޭނުންގެ އެހީތެރިކަމާއެކުގައިކަން ފާހަގަކޮށް އައްޒަ ބުނީ ހުރިހާ ފޭނުންދެކެ ވެސް ވަރަށް ލޯބިވާ ކަމަށެވެ.

އައްޒަ މިވަގުތު ހުރީ ޗުއްޓީ ހޭދަކުރަން މެލޭޝިޔާގައެވެ. ބާރުބޮޑު އީދު ޝޯތަކަކަށްފަހު އައްޒަ ޗުއްޓީއަށް މެލޭޝިޔާއަށް ފުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ،

އެއާޕޯޓުގައި ތިބެ އައްޒަގެ ދެބެން ވަނީ ދަތުރު ފަށަށް އުޅޭކަމުގެ ހަބަރު ފޭނުންނަށް ދީފައެވެ. ދަތުރުގައި އައްޒަގެ އިތުރުން ބައިވެރިވަނީ އައްޒަގެ ދަރިފުޅު މުހައްމަދު އީތަންއާއި ދައްތަ އައިޝަތު ރިޝްމީގެ އިތުރުން ރިޝްމީގެ ދަރިފުޅު އިސްމާއިލް އަޒެއިލްއެވެ.

މި ދަތުރުގެ ކުރިން އައްޒަ އެންމެ ފަހުން ބައިވެރިވެފައި ވަނީ މުއާގެ ދަރިފުޅު ރޫބީގެ އުފަންދުވަހުގެ ޕާޓީގައެވެ. އެ ޕާޓީގައި އައްޒަގެ އާއިލާއިން ވަނީ ބައިވެރި ވެފައެވެ.

އައްޒައާއި ރިޝްމީ އެކުގައި އެންމެ ފަހުން ޗުއްޓީއަށް ގޮސްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ދެބެއިންގެ ދެދަރިން ގޮވައިގެން އެފަހަރު ޗުއްޓީއަށް ގޮސްފައި ވަނީ ކ. މާފުއްޓާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް