އެހެން ރަށްރަށެކޭ އެއްގޮތަށް މާލެއިން ގޯތިދިނުމަށް ކައުންސިލްގެ ބާރު ނެތުމުން މުއިއްޒުގެ ނުރުހުން

އެހެން ރަށްރަށެކޭ އެއްގޮތަށް މާލެއިން ގޯތިދިނުމަށް މާލެ ސިޓީ ކައުންސިލްގެ ބާރު ނެތުމުން މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ނުރުހުން ފާޅުކުރައްވައިފިއެވެ. މާލެއިން ގޯތިދޭން ކައުންސިލުގެ ދައުރެއް ނެތ...

15 Jul 2023 | 07:44

އެހެން ރަށްރަށެކޭ އެއްގޮތަށް މާލެއިން ގޯތިދިނުމަށް މާލެ ސިޓީ ކައުންސިލްގެ ބާރު ނެތުމުން މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ނުރުހުން ފާޅުކުރައްވައިފިއެވެ.

މާލެއިން ގޯތިދޭން ކައުންސިލުގެ ދައުރެއް ނެތުމަކީ މުއިއްޒު އަބަދުވެސް ކަންބޮޑުވުން ފާޅުކުރައްވާ ކަމެކެވެ.

ރައީސް ޞާލިހުގެ ކެމްޕޭނަށް ކ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ގުރައުދޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން، ބިން ކަނޑާ، ރައްޔިތުންނަށް ދޫކުރުމަކީ ކައުންސިލްގެ ޒިންމާގައި އޮތް ކަމެއްކަމަށް ވީއިރު، ގުރައިދޫގެ ބިން ހިއްކުމުންވެސް ގޯތި ދޫނުކޮށް އޮތުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޮޑު ބިމެއް ހިއްކާދީފައި ވާއިރު އަދި ރައްޔިތުން ބޯހިޔާވަހިކަމަށް ބޭނުންވާއިރު ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އަދި އެކަން ކައުންސިލަށް ނުކުރެވޭނަމަ، ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އ ވާހަކަތަކާ ގުޅުވައި މާލޭ މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ބިމުން ގޯތި ދެވޭނީ ސިޓީ ކައުންސިލްގެ ދައުރެއްވެސް އޮވެގެން ކަމަށެވެ. ނަމަވެސް އެކަމުގައި ލާމަރުކަޒީ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުން ސަރުކާރަށް މުހިންމު ނޫން ކަމަށެވެ.

"މާލެ ސިޓީ ކައުންސިލްއިން އެތައް ސިޓީއެއް ފޮނުވިން ރައީސް އޮފީހަށަ ޕްލޭނިންގް މިނިސްޓްރީއަށް، މާލެ ސިޓީގެ އިހުތިޞާޞް ހިނގާ ސަރަހައްދުން ގޯތި ދޭންވާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކައުންސިލްގެ ފުރިހަމަ ދައުރެއް އޮވެގެން ކަމަށާއި ކައުންސިލް މިއޮތީ އެކަމުގައި ފުރިހަމަ އެއްބާރުލުން ދޭން ކަމަށް. ނަމަވެސް، މާލެސިޓީއަށް ވީމަ ލާމަރުކަޒީ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުން ސަރުކާރަށް އެހާ މުހިންމެއް ނޫން" މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް