މިގައުމަށް އަލީ ވަހީދު ފަދަ ހިތްވަރުހުރި މީހުން ބޭނުންވޭ: ގާސިމް

މިގައުމަށް އަލީ ވަހީދު ފަދަ ހިތްވަރުހުރި މީހުން ބޭނުންވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދު އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ އަލީ ވަހީދު ރާއް...

15 Jul 2023 | 07:20

މިގައުމަށް އަލީ ވަހީދު ފަދަ ހިތްވަރުހުރި މީހުން ބޭނުންވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދު އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ އަލީ ވަހީދު ރާއްޖެ ވަޑައިގެންނެވުމަށްފަހު ގާސިމާ ބައްދަލު ކުރެއްވުުމަށް ވަޑައިގަތުމުންނެވެ.

ގާސިމް ވިދާޅުވީ ހާއްސަކޮށް ކޮވިޑުގެ ދުވަސްވަރު އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް މިނިސްޓަރަކީ އޭރުގެ ޓޫރިޒަމް މިނިސްޓްރު އަލީ ވަހީދު ކަމަށާއި ރައީސް ޞާލިހަސްށްވެސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ނަމަވެސް މިނިސްޓްރު ކަމުން ވަކި ކުރައްވައި، އަދި އޭގެ ފަހުން އިނގިރޭސިވިލާތަށް ބޭހަށް ވަޑައިގެން އުޅުއްވުމުގެ ތެރޭގަ އަނެއްކާވެސް ބައެއްގެ ނުކިއްސަރު ރިޕޯޓެއް ލިބިގެން އިނގިރޭސި ވިލާތުގެ ޖަލަށްވެސް އަލީ ވަންނަވަން ޖެހުނު ކަމަށް ގާސިމް ވިދާޅުވިއެވެ.

"ވަރަށް ނާސްޓީ، ވަރަށް ވިޔާނުދާ، ވަރަށް ނުބައިނުލަފާ މީހުން ވައްދށަ ޖަލަކަށް އަލީ ވަހީދު ވެއްތެދިކަމަށް އަޅުގަނޑަށް އެނގިފަ އޮތީ.15 ވަރަކަށް20 ވަރަކަށް ދުވަހު އެތާނގަ ހުންނަވަން ޖެހުނު" ގާސިމް ވިދާޅުވިއެވެ.

މިހާރު ސުޕްރިމްކޯޓުންވެސް މާފު ދެއްވުމުން އަލީ އެނބުރި ރާއްޖެ ވަޑައިގެންނެވީ ކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ދިމާވާ އެފަދަ ބޮޑެތި ކަންކަމާ މާޔޫސްނުވެ ކުރިއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ގައުމަށް ބޭނުންވަނީ ވިސްނުންތެރި ހިތްވަރު ހުރި މީހުން ކަމަށެވެ. އަދި އަލީވަހީދަކީ އެދަފަ މީހެއް ކަމަށެވެ.

ގާސިމާއެކު ހުންނަވައި އަލީ ވަހީދު ދެއްކެވި ވާހަފުޅުގައި ވިދާޅުުވީ ސިޔާސީ ކެރިއަރުގެ އެންމެ ބޮޑު މަދަދުގާރަކީ ގާސިމް އިބްރާހިމް ކަމަށެވެ. އެހެންކަމުން ރާއްޖެ އާދެވި، އާއިލާއާ ބައްދަލު ކުރުމަށްްފަހު އެންމެ ފުރަތަމަ ގާސިމާ ބައްދަލު ކުރައްވަން ވަޑައިގަތީ ކަމަށެވެ.

ސިޔާސީ ވަދަވެރިކޮށް ތިއްބެވިއިރުވެސް ގާސިމާއެކު ވަރަށް ގާތް ގުޅުމެއް އޮންނާނެ ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ރާއްޖެ ދޫކޮށް ދިޔައީ ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުގައެވެ. އަލީ ގޮސްފައިވަނީ ލަންޑަނަށެވެ. އަދި އެނބުރި ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް