ކޮޅުފުށީ ރައްޔިތުންނަށް ސުނާމީއިން ލިބުނު ގެއްލުމުން މިހާރު އަރައިގަނެވިއްޖެ: އިމްރާން

މ. ކޮޅުފުށީ ރައްޔިތުންނަށް ސުނާމީއިން ލިބުނު ގެއްލުމުން މިހާރު އަރައިގަނެވިއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރ...

15 Jul 2023 | 06:45

މ. ކޮޅުފުށީ ރައްޔިތުންނަށް ސުނާމީއިން ލިބުނު ގެއްލުމުން މިހާރު އަރައިގަނެވިއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހުގެ ކެމްޕޭނަށް މ. އަތޮޅަށާއި ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މ. ކޮޅުފުއްޓަށް ވަޑައިގަންނަވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިމްރާން ވިދާޅުވީ ކޮޅުފުށީގެ ގިނަ ރައްޔިތުންނަށް 2004 ވަނަ އަހަރުން ފެށިގެން ކަން ހިނގާ ދިޔަ ގޮތް ހަނދާން ހުންނާނެ ަކަމަށެވެ.

ސުނާމީގައި އެންމެ ބޮޑަށް ގެއްލުންލިބުނު އެއް ރަށަކީ ކޮޅުފުށިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރަށަށް ލިބުނު ގެއްލުންތަކަށް ހައްލެއް ގެނައުމަށް ކިރިޔާ މަސައްކަތެއް ފެށުނީ އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ކަމަށެވެ.

"އެކަމުން އަރައިގަތުމަށްޓަކައި އެދުވަހުގެ ސަރުކާރުން ކުރަމްފެއްޓެވި މަސައްކަތް، ކިރިޔާ މަސައްކަތެއް ފަށައިގަނެވުނީ2008 ގަ އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރާއެކު. ކިރިޔާ މަސައްކަތެއް ފަށައިގެނުވުނީ. އެއަށްފަހުގަ އެ މަސައްކަތުގެ ނަތީޖާއެއް ރައްޔިތުންނަށް އިހުސާސް ކުރެވޭ ވަރަށް މި ގެންދެވުނީ މި ދައުރުގަ" އިމްރާން ވިދާޅުވިއެވެ.

ސުނާމީއަށްފަހު ގާތްގަނޑަކަށް20 އަހަރު ވެގެންދާއިރު، ސުނާމީ ކާރިސާއިން ލިބުނު ގެއްލުމުން އަރައިގަނެވިއްޖެ ކަން މިއަދު ރައްޔިތުންނަށް އިހުސާސް ކުރެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެ އިހުސާސް ގެނެސްދެއްވީ ރައީސް ޞާލިހު ކަމަށް އިމްރާން ވިދާޅުވިއެވެ.

ސުނާމީ އެރީއްސުރެ، ރަށުގެ ބައެއް ރަށާ ވަކިވެފައި ވާތީ ހިތާމަޔާއި ހިތްދަތިކަމާއެކު ރޮމުން އާދޭސްްކުރަމުން ރަށުގެ ރައްޔިތުން ވެރިންގެ އަރިހަށް ދިޔަ ނަމަވެސް އެކަން ފެނުނު އެކަމުވެސް ނެތް ކަމަށާއި އެ އަޑު އަހާލާނެ ވެރިއަކު ވަޒީރަކ މީގެ ކުރިއަކުން ނެތް ކަމަށް އިމްރާން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް