ކެމްޕޭނަށް ރައީސް މ އަދި ވ އަތޮޅަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މ. އަތޮޅަށާއި ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މ. ކޮޅުފުއްޓަށް ވަޑައިގެންދފިއެވެ. މި ދަތުރުފުޅުގައި ރަ...

15 Jul 2023 | 04:40

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މ. އަތޮޅަށާއި ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މ. ކޮޅުފުއްޓަށް ވަޑައިގެންދފިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކަށެވެ. އޭގެ ފަހުގައި ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުއެވެ.

އިންތިހާބުގެ ކެމްޕޭނަށް ރައީސް ވަނީ ށ. އަތޮޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރު ކުރައްވާފައެވެ. ކ. އަތޮޅުން ރައީސް ވަޑައިގެންނވެީ ގުޅި، ގުރައިދޫ އަދި މާފުއްޓަށެވެ. ށ. އަތޮޅުން ވަޑައިގެންނެވީ ފޯކައިދޫ، ކޮމަންޑޫ، މަރޮށި އަދި ނޫމަރާއަށެވެ.

އަދި އަންނަ ދައުރުގައި ހޮވިއްޖެ ނަމަ އެ ރަށްރަށަށް ކޮށްދެއްވާނެ ކަންތައްތައް ރައީސް ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް