ދިވެހީންގެ މެދުގައި އަަމަން އަމާންކަން ދެމި އޮންނާނީ އިސްލާމް ދީނަށް ތަބާވެ، ހެޔޮ އަމަލް ކުރުންމަތީ ސާބިތުވެ ތިބޭ މިންވަރަކުން: ޚުތުބާ

ދިވެހީންގެ މެދުގައި އަަމަން އަމާންކަން ދެމި އޮންނާނީ އިސްލާމް ދީނަށް ތަބާވެ، ހެޔޮ އަމަލް ކުރުންމަތީ ސާބިތުވެ ތިބޭ މިންވަރަކުންކަން ދަންނަން ވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ....

15 Jul 2022 | 14:19

ދިވެހީންގެ މެދުގައި އަަމަން އަމާންކަން ދެމި އޮންނާނީ އިސްލާމް ދީނަށް ތަބާވެ، ހެޔޮ އަމަލް ކުރުންމަތީ ސާބިތުވެ ތިބޭ މިންވަރަކުންކަން ދަންނަން ވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.

"އިޖުތިމާޢީ އަމާންކަމުގެ މުހިންމުކަން" މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ ﷲ ވަހީ ބަސްފުޅުތަކަށާއި ކީރިތި ރަސޫލާގެ ސުންނަތުން އިބުރަތް ލިބިގަނެ މުޖުތަމައަކީ ހުރިހާ ގޮތަކުން ވެސް އަމާން ތަނަކަށް ހެދިއްޖެ ނަމަ، އެންމެހައި މީސްތަކުންގެ މަސްލަހަތުތަކާއި، ހައްގުތައް ރައްކާތެރި ކުރެވޭނެ ކަމަށެވެ.

އެންމެހައި ދިވެހީން ވެސް ލައްވަވާފައިވަނީ މުސްލިމުންގެ ގޮތުގައި ކަމަށާއި، އެކަމަށްޓަކާ ﷲއަށް ހަމްދާއި ޝުކުރު ދިވެހިންގެ މައްޗަށް ވާޖިބު ވާނޭ ކަމަަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ދުނިޔެއާއި އާޚިރަތުގެ މަގު އަމާންވުން އޮތީ ﷲގެ ދީނަށް އަމަލުކޮށްގެން ކަމަށް ވެސް ބުނެފައިވެއެވެ.

އަމާންކަން ނެތް މުޖުތަމަޢެއްގައި ޖާނާއި މާލުވެސް ރައްކާތެރިއެއް ނުކުރެވޭނެ ކަމަށާއި އަބުރާއި ޢިއްޒަތް ވެސް ހިމާޔަތެއް ނުކުރެވޭނެކަން ހަނދާންކޮށްދީ ޚުތުބާގައި ވަނީ އެފަދަ ވެއްޓެއްގައި ދިރިއުޅޭ ބަޔަކަށް ފުރިހަމަ ސިއްޙަތާއި ތަނަވަސްކަމުގެ އުފަލެއް ވެސް ނުލިބޭނެކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ. އަދި އެފަދަ މާހައުލެއްގައި އަބަދުމެ ތިބެން ޖެހޭނީ ކަންބޮޑުވުމާއި ހާސްކަމުގެ ތެރޭގައި ކަމަަށް ވެސް ޚުތުބާގައި ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް