ސްރީ ލަންކާގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ، އެ ގައުމުގެ ވަގުތީ ރައީސްކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.
ރަނިލް ވަގުތީ ރައީސްކަމުގެ ހުވާ ކުރެއްވީ ޗީފް ޖަސްޓިސް ޖަޔަންތަ ޖަޔަސޫރިޔާ ކުރިފުޅުމަތީގައެވެ.
ރަނިލް ވަގުތީ ރައީސްކަމުގެ ހުވާ މިއަދު ކުރައްވާފައިވާއިރު އެ މަގާމު ރަނިލް އަށް އެރުވީ އިއްޔެ އެ ގައުމުގެ ރައީސްކަމުން އިސްތިއުފާ ދެއްވި ގޮތާބޭ ރާޖަޕަކްޝްޔައެވެ.
ގޮތާބޭ އެ މަގާމުން އިސްތިއުފާ ދެއްވީ ގައުމުގެ ހާލަތު ބޮއްސުންލައި އާއްމު ޒަރޫރީ ބޭނުންތައް ނުފުދޭ ހިސާބަށް ދިއުމުން އާންމުން މަގުތަކަށް ނިކުމެ ރައީސްގެ ރަސްމީ އޮފީސް ހިސޯރުކުރުމުންނެވެ.
ގޮތާބޭ އިއްޔެ އިސްތިއުފާ ދެއްވީ ގައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެން، ސިންގަޕޫރުގައި ހުންނަވައިގެންނެވެ. ސިންގަޕޫރަށް ވަޑައިގެންނެވީ ރާއްޖޭ މަގުންނެވެ. ރާއްޖޭގައިވެސް އެއްދުވަސް މަޑުކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް