ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ އަނބިކަބަލުން 73 އަހަރުގައި ނިޔާވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ އަނބިކަބަލުން އިވާނާ ޓްރަމްޕް 73 އަހަރުގައި ނިޔާވެއްޖެއެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން އިވާނާ ޓްރަމްޕް ނިޔާވީ ދިމާވި ކޮންމެވެސް ކުއްލި ކަމެއްގެ ...

15 Jul 2022 | 10:11

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ އަނބިކަބަލުން އިވާނާ ޓްރަމްޕް 73 އަހަރުގައި ނިޔާވެއްޖެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން އިވާނާ ޓްރަމްޕް ނިޔާވީ ދިމާވި ކޮންމެވެސް ކުއްލި ކަމެއްގެ ސަބަބުންނެވެ. އަދި އިވާނާ ޓްރަމްޕް ފެނުނީ ނިއުޔޯކުގައި ދިރިއުޅުއްވާ ގޭގެ ސިޑިކައިރިއަށް ވެއްޓި ހޭނެތިފައި އޮއްވައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕާއި އިވާނާއަށް ތިން ކުދިން ވަނީ ލިބިފައެވެ. އެއީ ޑޮނަލްޑް ޖޭއާރުއާއި، އިވާންކާ އަދި އެރިކް ޓްރަމްޕް ވަނީ ލިބިފައެވެ.

އިވާނާ ނިޔާވުމާއި ގުޅިގެން ޓްރަމްޕު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއީ ހުރިހާ ގޮތަކުން ވެސް ވަރަށް ރަގަޅު، ރީތި، އާދަޔާ ޚިލާފު، މިސާލެއްފަދަ ދިރިއުޅުއްވުމެއްގެ ވެރި އަންހެނެއް ކަމަށެވެ.

މިހާރުގެ ޗެކް ރިޕަބްލިކަށް އުފަންވެވަޑައިގެންނެވި އިވާނާ އާއި ޑޮނަލްޑް ޓްރަމްޕް ކައިވެނި ބައްލަވައިގަތީ 1977 ވަނަ އަހަރުއެވެ. އަދި ކައިވެންޏަށް 15 އަހަރަށްފަހު 1992 ވަނަ އަހަރު ވަނީ ކައިވެނި ރޫޅާލާފައެވެ.

1980 އާއި 1990 ގެ އަހަރުތަކުގައި ޑޮނަލްޑް ޓްރަމްޕްއާއި އިވާނާ ޓްރަމްޕްއަކީ ނިއުޔޯކު ސިޓީގައި މަޝްހޫރުވެގެން އައި ދެމަފިރިންނެވެ. އެހެންކަމުން އެ ދެމީހުންގެ ވަރިވެސް ވެގެން ދިޔައީ ވަރަށް މަޝްހޫރުވެގެން ދިޔަ ވަރިއަކަށެވެ.

ދެމީހުން ވަރިވުމަށްފަހު އިވާނާ ޓަރަމްޕް ވަނީ ގަހަނާއާއި ހެދުމަށް ޚާއްސަކޮށްގެން ބިއުޓީ ޕްރޮޑަކްޓްގެ ވިޔަފާރިއަށް ޚާއްސަ ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް