މާލެއަށް އުދައިގެ އަސަރުކޮށްފި

މިއަދު ދިޔަވަރު ބޮޑުވި ވަގުތު މާލެއަށް އުދައިގެ އަސަރުކޮށްފިއެވެ. އެގޮތުން އުދައިގެ އަސަރުކޮށްފައިވަނީ ރާޅުގަނޑު ސަރަހައްދު، ކާނިވާ ސަރަހައްދު، ހެދިގޮނޑުދޮށް ސަރަހައްދު، ސްވިމިން ޓްރެކް ސަރަހައްދުގެ އ...

15 Jul 2022 | 09:57

މިއަދު ދިޔަވަރު ބޮޑުވި ވަގުތު މާލެއަށް އުދައިގެ އަސަރުކޮށްފިއެވެ.

އެގޮތުން އުދައިގެ އަސަރުކޮށްފައިވަނީ ރާޅުގަނޑު ސަރަހައްދު، ކާނިވާ ސަރަހައްދު، ހެދިގޮނޑުދޮށް ސަރަހައްދު، ސްވިމިން ޓްރެކް ސަރަހައްދުގެ އިތުރުން އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށެވެ.

އެންމެ ބޮޑަށް މާލެއަށް އުދައިގެެ އަސަރުކުރީ ރާޅުގަނޑު ސަރަހައްދަށެވެ. އެ ސަރަހައްދަށް ވެއްޔާއި ގަލާއެކު މަގުމައްޗަށް ލޮނުގެ އަސަރުކޮށްފައިވެއެވެ.

މާލެއަށް ކޮންމެވެސް ވަރަކަށް މިއަދު އުދައިގެ އަސަރުކޮށްފައިވާއިރު ދިޔަވަރު ބޮޑުވާ ވަގުތު މިއަދުވެސް ދެކުނަށް އުދައިގެ އަސަރުކުރާނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް