ސުޝްމިތާގެ އާ ލޯބިވެރިޔަކީ ލަލިތު

އައިޕީއެލްގެ ފައުންޑަރ ލަލިތު މޯދީ އޭނާއާއި ސުޝްމިތާ ލޯބީގެ ގޮތުން ގުޅިއްޖެކަން އިއުލާނުކޮށްފިއެވެ. ލަލިތު މިކަން އިއުލާނުުކުރީ އޭނާގެ ޕްރައިވެޓް ޔޮޓް ސާޑިނިއާގައި އޭނާގެ އާއިލާ މެންބަރުންނާއެކު، ރާއް...

15 Jul 2022 | 04:32

އައިޕީއެލްގެ ފައުންޑަރ ލަލިތު މޯދީ އޭނާއާއި ސުޝްމިތާ ލޯބީގެ ގޮތުން ގުޅިއްޖެކަން އިއުލާނުކޮށްފިއެވެ.

ލަލިތު މިކަން އިއުލާނުުކުރީ އޭނާގެ ޕްރައިވެޓް ޔޮޓް ސާޑިނިއާގައި އޭނާގެ އާއިލާ މެންބަރުންނާއެކު، ރާއްޖެ ހިމެނޭހެން ކުރިއަށްގެންދިޔަ ގްލޯބަލް ޓުއަރ އެއް ނިންމާލުމަށްފަހު ކުރި ޓްވީޓެއްގައެވެ.

ލަލިތު ބުނެފައިވަނީ މިއީ އާ ފެށުމެއް ކަމަށާއި އެހާ އަވަހަށް ކައިވެންޏަކާ ހަމައަށް ނުދިޔަ ނަމަވެސް އެކަންވެސް އޮތީ ކުރިއަށް ކަމަށެވެ.

1994ގެ މިސް ޔުނިވާސް އަދި ބޮލީވުޑް ބަތޮލާ ލަލިތާ ލޯބީގެ ގޮތުން ގުޅިފައިވާއިރު ސުޝްމިތާގެ މިހާރުގެ އުމުރަކީ 42 އަހަރެވެ. އޭނާގެ ދެ ދަރިން އެބަ ތިއްބެވެ. އެއީ އެޑޯޕްޓްކޮށްފައިވާ ދެ ދަރިންނެވެ.

ސުޝްމިތާ މިހާތަނަށް ކައިވެންޏެއް ކޮށްފައެއްނުވެއެވެ. 2018 އިން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ފްރީލާންސް ފެޝަން މޮޑެލް ރޯމަން ޝޯލް އާއެވެ. ރޯމަންގެ އުމުރަކީ 30 އަހަރެވެ.

https://twitter.com/LalitKModi/status/1547672999737798658

ލަލިތު މޯދީ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވެއެވެ. އޭނާގެ އަންހެނުން، މިނާލް މޯދީ މަރުވީ 2018 ގައެވެ. މިނާލް އާއި ލަލިތަށް ދެ ދަރިން ލިބިފައިވާއިރު ލަލިތުގެ އުމުރަކީ 58 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް