ގޮތާބޭގެ އިސްތިއުފާ ސިޓީ ސައްހަ ކަމަށް ބަލައި އިސްތިއުފާ ބަލައިގެންފި

ސްރީ ލަންކާގެ ރައީސްކަމުން އިސްތިއުފާ ދެއްވައި ގޮތާބޭ ރާޖަޕަކްޝްޔަ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގެ ސައްހަކަން ކަށަވަރުކޮށް ގޮތާބޭގެ އިސްތިއުފާ ބަލައިގެންފިއެވެ. މިކަން އެ ...

15 Jul 2022 | 04:18

ސްރީ ލަންކާގެ ރައީސްކަމުން އިސްތިއުފާ ދެއްވައި ގޮތާބޭ ރާޖަޕަކްޝްޔަ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގެ ސައްހަކަން ކަށަވަރުކޮށް ގޮތާބޭގެ އިސްތިއުފާ ބަލައިގެންފިއެވެ.

މިކަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އިއުލާނުކުރެއްވީ މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ގޮތާބޭ އިސްތިއުފާ ދެއްވާފައިމިވަނީ އިތުރު ގޮތެއް ނެތި މަޖުުބޫރުވެގެންނެވެ. މަޖުބޫރުވީ ގައުމުގެ ހާލަތު ބޮއްސުންލައި އަސާސީ ހިދުމަތްތައް ނުދެވޭ ހިސާބަށް ގައުމު ދިއުމުން އާންމުން ނިކުމެ ގޮތާބޭގެ އޮފީސް ހިސޯރުކޮށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ގެ ގެ އަންދާލައި އެ ދެބޭފުޅުންވެސް އާއްމު ރައްޔިތުންނަށް ފިލަން މަޖުބޫރުވި ހިސާބުންެނެވެ.

ގޮތާބޭ ފިއްލަވައިގެން ވަޑައިގެން ރާއްޖެ މަގުން މިހާރު ސިންގަޕޫރަށް ވަޑައިގެންފައިވާއިރު އިންތިގާލީ ރައީސަކީ ބޮޑުވަޒީރު ރަނިލްކަމުގައި ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މި މަހުގެ 20 ގައި ވަގުތީ ސަރުކާރެއް އެކުލަވާލެވުމުން ރަނިލްވެސް އިސްތިއުފާ ދެއްވާނެކަން ވަނީ އިއުލާނުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް