ރާޢްޖެއިން އިތުރު 217 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވަނީ ރިސޯޓު ތަރައްގީ ކުރާ ރަށަކުން ކަމަށެވެ. އެގޮތުން އެ ރަށްތަކުން 92 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު މީހުން ދިރިއުޅޭ ރަށްތަކުން ޕޮސިޓިވްވެފައިވަނީ 88 މީހުންނެވެ.
މާލެއިން މިއަދު ޕޮސިޓިވްވީ31 މީހުންނެވެ. ރިސޯޓުތަކުން ޕޮސިޓިވްވީ ހަ މީހުންނެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،739 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،562 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 14 މީހުންނަށެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 72،833 އަށް އަރާފައި އެވެ.
އަދި މަލީގައި މިހާތަނަށް މަރުވެފައިވަނީ 215 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 75،622 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް