ސެޓެލައިޓް ސްކޫލަކަށް ހަދަން ފެހެންދޫ ސްކޫލްގެ ދެ ކްލާސް ރޫމާއި އޮފިސް އަޕްގްރޭޑު ކުރަނީ

ބ. ފެހެންދޫ ސްކޫލްގެ ދެ ކްލާސް ރޫމާއި އޮފީސް އިމާރާތް އަޕްގްރޭޑު ކުރަން ބަޔަކާއި ހަވާލުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތަކީ ސެޓެލައިޓް ސްކޫލެއްގެ ގޮތުގައި އެ ސްކޫލް ހެދުމަށް ކުރ...

15 Jul 2021 | 11:30

ބ. ފެހެންދޫ ސްކޫލްގެ ދެ ކްލާސް ރޫމާއި އޮފީސް އިމާރާތް އަޕްގްރޭޑު ކުރަން ބަޔަކާއި ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތަކީ ސެޓެލައިޓް ސްކޫލެއްގެ ގޮތުގައި އެ ސްކޫލް ހެދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޭޑީ އެންޓަޕްރައިސަސް އާއި އެވެ.

އެބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރރު މުހައްމަދު ރިޔާޒެވެ. ކޭޑީ އެންޓާޕްރައިސަސް ފަރާތުން އެގްރިމެންޓްގައި ސޮއި ކުރެއްވީ ޓެންޑާ އޮފިސަރު އަބްދުﷲ މާހިރެވެ.

މި މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައިވަނީ 30 ދުވަހެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ 1.2 މިލިއަން ރުފިޔާ އަށެވެ.

ސެޓަލައިޓް ސްކޫލް ޕްރޮޖެކްޓަކީ މި ސަރުކާރުން އަލަށް ފަށާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ވ. ރަކީދޫ ސްކޫލް ސެޓަލައިޓް ކުރުމުގެ މަސައްކަތްވެސް ވަނީ ބަޔަކާއި ހަވާލުކޮށްފައި އެވެ.

މި ޕޮޖެކްޓަކީ އާބާދީ މަދު ސްކޫލްތަކުގެ ދަރިވަރުންނަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކިޔަވައިދިނުމަށް ހިންގާ މަސައްކަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް