ޝާހިދު ކަޕޫރް އޭނާ އަންހެނުން މީރާ ރާޖްޕުތްގެ ހިތުގެ ވިންދެއް ހުއްޓުވައިފިކަމަށް އޭނާ ބުނެފިއެވެ.
އިއްޔެ މީރާ ރާޖްޕުތް ވަނީ އޭނާގެ ފިރިމީހާ ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރަށް ނިސްބަތްކޮށް ވަރަށް ލޯބި ޕޯސްޓެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. ޝާހިދު ދަނީ ފިލްމުތަކުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ.
މި ޕޯސްޓްގައި މީރާ ވަނީ އޭނާގެ ފިރިމީހާ މަތިން ހަނދާންވާ ވަރު ބަޔާންކޮށްދީފައެވެ. މީރާ ބުނީ ޝާހިދު އޭނާގެ ހިތުގެ ވިންދެއް ހުއްޓުވައިފި ކަމަށެވެ. ފޭސް ޓައިމް ކުރިޔަސް ހަނދާންވާ ވަރު ކުޑަ ނޫން ކަމަށް މީރާ ވަނީ ބުނެފައެވެ.
މި ޕޯސްޓާއި އެކު ވަރަށް ލޯބި ފޮޓޯއެއްވެސް މީރާ ވަނީ ހިއްސާ ކޮށްފައެވެ.
https://www.instagram.com/p/CRSwbCeF34I/
ޝާހިދު އާއި މީރާ ކައިވެނި ކޮށްގެން އުޅޭތާ މިހާރު މިވަނީ 6 އަހަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނަމަ ޝާހިދު މިހާރު މަސައްކަތްކުރަމުން އަންނަނީ ރާޖް އާއި ޑީކޭގެ ކުރިއަށް އޮތް ވެބް ސީރީޒެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް