ވަޒަންތައް ގެންގުޅުނު ޓޫރިސްޓުގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ފުރަން ގޮސް ހުރި ޓޫރިސްޓެއްގެ އަތުން ވަޒަން ތަކެއް ފެނުނު މައްސަލައިގަ އެމީހާގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރުކޮށްފި އެވެ. މި މައްސަލައިގަ ހައް...

15 Jul 2021 | 10:05

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ފުރަން ގޮސް ހުރި ޓޫރިސްޓެއްގެ އަތުން ވަޒަން ތަކެއް ފެނުނު މައްސަލައިގަ އެމީހާގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ އުމުރުން 60 އަހަރުގެ ނަމީބިއާ ފިރިހެނެއްގެ އަތުންނެވެ. ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކްރިމިނަލް ކޯޓުން ޖަހައިދިން ބަންދުގެ މުއްދަތު މިއަދު ހަމަވާތީ މިއަދު ކޯޓަށް ހާޒިރު ކުރުމުން އިތުރު ހަތަރު ދުވަސް އެ މީހާގެ ބަންދަށް ޖަހައިދީފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން އޭނާގެ މައްޗަށް ކުރަނީ ޓެރެރިޒަމްގެ ތުހުމަތެވެ. އެ ތުހުމަތު ތަފްސީލުކޮށްފައެއް ނުވެއެވެ.

އޭ ހައްޔަރު ކުރުމަށް ފަހު އެންމެ ފުރަތަމަ މިދިޔަ އާދިއްތަ ދުވަހު ބަންދުގެ މުއްދަތު ޖަހާފައިވަނީ ތިން ދުވަހަށެވެ.

ވަޒަންތައް ފެނިފައިވަނީ އެމީހާ ގެންގުޅުނު ދަބަހުގެ ތެރެއިންނެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް