ފޮރިން މިނިސްޓްރީ އިމާރާތް ނަން ބަދަލުކުރުމަށްފަހު ރައީސް ހުޅުއްވައި ދެއްވައިފި

މަރްހޫމް ފަތުހުﷲ ޖަމީލްގެ ނަންފުޅުން، ނަން ދީފައިވާ ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުޅުއްވައި ދެއްވައިފި އެވެ. މަރްހޫމް ފަތުހުﷲ ޖަމީލަކީ ރާއްޖޭ...

15 Jul 2021 | 09:53

މަރްހޫމް ފަތުހުﷲ ޖަމީލްގެ ނަންފުޅުން، ނަން ދީފައިވާ ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުޅުއްވައި ދެއްވައިފި އެވެ.

މަރްހޫމް ފަތުހުﷲ ޖަމީލަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަން 27 އަހަރު ކުރައްވާފައިވާ ބޭފުޅެކެވެ.

މިއަދު ހެނދުނު މިކަމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ، ދައުލަތުގެ އެންމެ މުހިންމު އެއް މިނިސްޓްރީގެ ޢިމާރާތް، އެމިނިސްޓްރީ ހިންގެވި ބޭފުޅެއްގެ ނަންފުޅަށް، ނިސްބަތްކޮށްގެން ހުޅުވޭކަމީ، ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ދާއިރާގައި، އެމަނިކުފާނު ކުރައްވާފައިވާ ޚިދުމަތްތަކުގެ މަތިވެރިކަން ރަމްޒުކޮށްދޭނެ ކަމެއްކަމުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، މި ޢިމާރާތް، ފަތުޙުﷲ ޖަމީލްގެ ނަންފުޅަށް ޚާއްޞަކުރުމުގެ ބޭނުމަކީ ރާއްޖޭގެ ޚާރިޖީ ދާއިރާ ބިނާކުރައްވައި ތަރައްޤީކުރެއްވުމުގައި، 27 އަހަރާއި 4 މަސް ވަންދެން އެމަނިކުފާނު ކުރެއްވި، ޤައުމީ ޚިދުމަތުގެ އަގު، ދާއިމީ ގޮތެއްގައި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ގޮތެއް ހެދުން ކަމަށެވެ.

ރައީސް ވަނީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން މިހޭދަވި 56 އަހަރުގެ ތެރޭގައިވެސް، ރާއްޖެއިން ދަމަހައްޓަމުން އައި ޚާރިޖީ ސިޔާސަތަކީ، އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރުމާ އެކު، މިނިވަންކަމާއި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކޮށް ދެމެހެއްޓުންކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް