2020 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 15 ރުފިޔާ ބަހަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
އެ ގޮތުން ޖުމްލަ 80.7 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބީއެމްއެލް އިން ބަހާނެއެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ "ފައި ވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ބީއެމްއެލް އިން މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްކުރީ ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ. މި ޖަލްސާގައި ބޭންކްގެ 58 ޕަސެންޓް ހިއްސާދާރުން ބައިވެރިވި އެވެ.
ކޮވިޑް-19 ގެ ސަބަބުން ބީއެމްއެލްގެ މިދިޔަ އަހަރުގެ ވިޔަފާރިއަށާއި އާމްދަނީ އަށް ވަނީ ނޭދެވޭ އަސަރު ކޮށްފަ އެވެ. މިދިޔަ އަހަރު 2019 ގެ ފައިދާ އިން ހިއްސާއަކަށް 26 ރުފިޔާގެ މަގުން 139 މިލިއަން ރުފިޔާ ބަހާފައިވެ އެވެ.
މި ޖަލްސާގައި އެ ބޭންކުގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުމަކުގައި ގައުމަށް އެހީވުމަށް ބޭންކުން މުހިންމު ދައުރެއް ކުޅުނު ކަމަށެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް