އިލެކްޝަންސް ކޮމިޝަނުން މިއަދު އުފެއްދުމުގެ މަސައްކަތް ކުރުމަށް ހުއްދަދިން މޯލްޑިވްސް ނެޝަނަލް ޕާޓީގައި ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކު އިސްކޮށް ތިއްބަވާނެ ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެ ޕާޓި އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ އުޝާމް އަށެވެ.
އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) މަޖިލުގެ ފަސް މެމްބަރަކު ގުޅިގެން އުފައްދާ ޕާޓީއެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އުޝާމް އާއި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމްދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު ކަމަށެވެ.
އުޝާމް ވިދާޅުވެފައިވަނީ އުންމީދަކީ މާ ލަސްތަކެއް ނުވެ ޕާޓީ ރަޖިސްޓްރީކުރުމަށް ކުރަން ޖެހޭ ކަންކަން ކޮށް ނިންމުން ކަމަށެވެ.
https://twitter.com/a_usham/status/1415573741967454208
ނާޒިމް އާއި ރިޔާޒް މީގެ ކުރިން ތިއްބެވި ޖުމްހޫރީ ޕާޓީން އެ ދެ ބޭފުޅުން ދާދި ފަހުން ވަނީ ވަކިވެވަޑައިގެންފަ އެވެ. އެ ޕާޓީގައި ދެން ހިމެނޭ ތިން މެންބަރުންނަކީ ވަކި ޕާޓިއަކަށް ނިސްބަތް ނުވެ، އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް