ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަމަށް އެދުން އެއީ ރާއްޖެ އާއި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާ ނަޝީދު މިހެން ވިދާޅުވީ މިއަދު އެމްޑީޕީގެ ގައުމީ މަޖިލިސްގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ. މިއީ ޔާމީނާއި ބައިއަތު ހިފުމާއި ގުޅޭގޮތުން ނަޝީދު އެ ގްރޫޕަށް މެސެޖު ކުރެއްވި ދެ ވަނަ ފަހަރެވެ.
މިއަދުގެ މެސެޖުގައި ވިދާޅުވެފައިވަނީ އެގެނެވޭ ބަދަލުތަކަކީ އިންޑިއާ އައުޓްގެ ފަލްސަފާއާއި ދުރު، ނަފްރަތުގެ ބިލަށް ތާއިދު ކުރެވޭ، އަދި މިއުޒިކަށް ވެސް އެއްބަސް ވެވޭ ބަދަލުތަކަކަށްވެ، އެހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމް އާއި އެއްބަސްވެވޭ އެމްޑީޕީ، ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުން އެއީ ރާއްޖެއަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތްކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް