ޝިލްޕާ ބޭނުންވަނީ ޖެނިފާ ލޮޕޭޒްގެ ހަށިގަނޑު

ބާޒީގަރް ފަދަ ނަން ހިނގާލި މަޝްހޫރު ފިލްމުތަކުން ފިރިހެނުންގެ ހިތްތައް ކަތިލި ޝިލްޕާ ޝެޓީ 10 އަހަރުގެ މެދު ކެނޑުމަކަށްފަހު އަލުން ފިލްމުކުޅެން ވަނީ ނިންމައިފައެވެ. ޝިލްޕާ ބުނީ އޭނާ އެނބުރި ފިލްމީ ދުނި...

15 Jul 2021 | 08:12

ބާޒީގަރް ފަދަ ނަން ހިނގާލި މަޝްހޫރު ފިލްމުތަކުން ފިރިހެނުންގެ ހިތްތައް ކަތިލި ޝިލްޕާ ޝެޓީ 10 އަހަރުގެ މެދު ކެނޑުމަކަށްފަހު އަލުން ފިލްމުކުޅެން ވަނީ ނިންމައިފައެވެ.

ޝިލްޕާ ބުނީ އޭނާ އެނބުރި ފިލްމީ ދުނިޔެއަށް އަންނަ އިރު " ބިއުޓީ ގޯލްސް" ތަކެއް ހުރި ކަމަށާއި އެގޮތުން އޭނާ ބޭނުންވަނީ ހޮލީވުޑްގެ ލަވަކިތުންތެރިޔާ ޖެނިފާ ލޮޕޭޒްގެ ހަށިގަނޑު ކަމަށެވެ.

އިންޓަވިއު އެއްގައި ނޫސްވެރިޔަކު ވަނީ އުމުރުން 46 އަހަރުވީ އިރުވެސް އެހާ ފުރިހަމަ ހަށިގަނޑެއް ހުންނާތީ ލިބޭ ތައުރީފާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެމުން ޝިލްޕާ ބުނީ އޭނާއަށް ވަރަށް ތައުރީފު ލިބޭ ކަމަށާއި، ހަށިގަނޑު އެހާ ފުރިހަމަކޮށް ބެހެއްޓުމަށް ގަދަ އަޅާ މަސައްކަތް ކުރާކަން ފާހަގަކޮށްފައެވެ.

ދަ ކުއިންޓަށް މައުލޫމާތު ދެމުން ޝިލްޕާ ބުނީ، ތައުރީޕް ނުލިބޭ ކަމަށްބުނެ އެވާހަކަ ދޮގު ނުކުރާނެ ކަމަށާއި، އޭނާ ކުރާ މަސައްކަތް އެހެން މީހުން ބަލައިގަންނަ ކަން ފާހަގަވާތީ އެކަމާ އުފާ ކުރާ ކަމަށެވެ.

ޝިލްޕާ ބުނީ އޭނާގެ ފުރަތަމަ ދަރިފުޅު، ވިއާން ވިހެއުމަށްފަހު 32 ކިލޯ އިތުރަށް ބަރުވި ކަމަށެވެ. ޝިލްޕާ ބުނީ އޭރު އޭނާ އެއްވެސް ވަރަކަށް ހަށިގަނޑަށް ނުބަލާ ކަމަށާއި، ހުރިހާ އެއްޗެއްވެސް ބަލާލުމެއް ނެތި އޭރު ކެއި ކަމަށެވެ.

މާބޮޑަށް ފަލަވާން ފެށުމުން އެކަން ފާހަގަވެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމި ކަމަށެވެ. އޭރުވެސް އޭނާއަށް އެންމެ ފާހަގަވީ ޖެނިފާ ލޮޕޭޒްގެ ހަށިގަނޑުގެ ފުރިހަމަކަން ކަމަށާއި، ގަދަ އަޅާ މަސައްކަތް ކުރަން ފެށީ އުމުރުން 65 އަހަރުވާ އިރުވެސް ނަމޫނާއެއް ގޮތުގައި ފާހަގަވުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް