އިއްޒުއްދީންގެ ޕްރިންސިޕަލް މައްސަލައިގަ ނެރުނު ބަޔާންތަކުގައި ވަނީ ހަގީގަތް އޮޅުވާލާފަ: އެޑިއުކޭޝަން

އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް، އެ ސްކޫލްގެ ޓީޗަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ އެޑިއުކޭޝަނުން ބަލައި ފިޔަވަޅު އެޅުމެއް ނެތި އެހެން ސްކޫލަކަށް ބަދަލުކުރަން ނިންމުމުން ޓީޗާސް އެސޯސިއޭޝަ...

15 Jul 2021 | 08:02

އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް، އެ ސްކޫލްގެ ޓީޗަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ އެޑިއުކޭޝަނުން ބަލައި ފިޔަވަޅު އެޅުމެއް ނެތި އެހެން ސްކޫލަކަށް ބަދަލުކުރަން ނިންމުމުން ޓީޗާސް އެސޯސިއޭޝަނާއި ޓީޗަރުން ތަމްސީލްކުރާ ލޯފާމުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

އިއްޒުއްދީން  ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަސީރާ ދެކޮޅަށް ބޮޑު ތުހުމަތުތަކަކާ އެކު ތެދުވީ އެތަނުގެ ހަ ޓީޗަރެކެވެ. ސިވިލް ސާވިސް ކޮމިޝަންގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގައި އޮންނަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ހުއްޓުވުމުގެ ކޮމިޓީއަށް ވެސް އެ މައްސަލަ ހުށަހެޅި އެވެ.

އެޑިއުކޭޝަނުން ވަނީ ތުހުމަތުކުރި ޓީޗަރުންނާ ވަކިން އިންޓަވިއުކޮށް ބަޔާން ވެސް ނަގައި 19 ސޮފްހާގެ ރިޕޯޓެއް އެކުލަވާލައިފަ އެވެ.

ޓީޗަރުން ނެރުނު ދެ ބަޔާނާ ގުޅިގެން އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގިއި ބުނީ ޓީޗާސް އެސޯސިއޭޝަނާއި ލޯޔަރުން ދައްކާފައި ހުރީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ ދެ ބަޔާނުން މައްސަލަ އޮޅޭ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

އެޑިއުކޭޝަންގެ ބަޔާނުގައި ބުނީ އިއްޒުއްދީން ސްކޫލުގެ ހަތަރު ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާކަން އެފަރާތްތަކަށް އިއްޔެ އަންގާފައިވަނީ މިކުރީކޮޅުގައި އިއްޒުއްދީން ސްކޫލްގެ ހަތަރު ލީޑިންގ ޓީޗަރުން އެއްފަހަރާ އިސްތިޢުފާ ދިނުމާ ގުޅިގެން ސްކޫލްގައި އުފެދުނު ނުތަނަވަސްކަން ޙައްލުކުރުމަށް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ހިންގުނު ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ރިވިއުއަށް ރިޢާޔަތްކޮށް ކަމަށެވެ.

ރިވިއުއިން ސްކޫލު ހިންގުމުގައާއި ދޭދޭ ގުޅުންތަކުގައި ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ މައްސަލަތަކެއް ހުރިކަމަށް ފާހަގަވެފައިވާތީ އެ މައްސަލަތައް ޙައްލުކުރުމަށް ކުރާނެ ކަންކަން ނިންމުމަށް އެކުލަވާލެވުނު ކޮމެޓީން، ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް ސްކޫލްގެ ބައެއް މަޤާމުތައް އާ ދިރާސީ އަހަރު ފެށޭއިރަށް ބަދަލުކުރުމަށް ލަފާދެއްވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަނުން ވަނީ ޓީޗަރުން ނެރުނު ބަޔާންތައް ނެރުމުގައި ހަޤީގަތުގެ މައްޗަށް ބަޔާންތައް ލިޔުއްވުމަށް އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް