މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށުމުގެ ހުއްދަ އުޝާމަށް ދީފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށް ދީފިއެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނ...

15 Jul 2021 | 07:57

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށް ދީފިއެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނެފައިވަނީ "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ވ.ވަސްމީރުފިޔަ އަލްއުސްތާޛް އަޙްމަދު އުޝާމަށް ދިނުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާކަމަށެވެ.

މި ހުއްދަ އުޝާމަށް ދީފައިވާއިރު ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔަޑް) އަހުމަދު ނާޒިމުވެސް ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީންވެސް އަންނަނީ ޕާޓީއެއް އުފައްދަން އުޅޭކަން ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް