ބަރުދަން ލުއި ކުރަން ބޭނުމިއްޔާ ލިފްޓް ބޭނުން ކުރުން ހުއްޓާލާ!

ކަސްރަތު ކުރުމަކީ މީހާގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. އަދި ގަވާއިދުން މިކަން ކުރާނަމަ ބަރުދަން ލުއިވެ އުޅެން ވެސް ފަސޭހަ ވެގެންދެއެވެ. ނަމަވެސް ބައެއް މީހުންނަށް މިއީ މާ ފަސޭހަ ކަމެއް ނޫނެވެ. މ...

15 Jul 2021 | 07:29

ކަސްރަތު ކުރުމަކީ މީހާގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. އަދި ގަވާއިދުން މިކަން ކުރާނަމަ ބަރުދަން ލުއިވެ އުޅެން ވެސް ފަސޭހަ ވެގެންދެއެވެ.

ނަމަވެސް ބައެއް މީހުންނަށް މިއީ މާ ފަސޭހަ ކަމެއް ނޫނެވެ. މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު އިތުރުވެ ގިނަ ފަހަރު އޮންނަނީ ސިއްޚަތަށް އިހުމާލުވެވިފައެވެ. އާންމު ދިރިއުޅުމުގައި ކުޑަކޮށް ނަމަވެސް ކަސްރަތުވަނީ ގަޑި ޖެހިގެން އޮފީހަށް ދުވެފައިދާ ވަގުތުތަކުގަ އާއި ސިޑިން އަރާއިރު އެވެ.

މިގޮތުން އެންމެ ފަސޭހަ ގޮތެއް ކަމަށް ވިސްނިފައި މިވަނީ ލިފްޓުގެ ބަދަލުގައި ސިޑި ބޭނުން ކުރަން ފެށުމެވެ. ސިޑިން 3 ވަނަ ފަންގިފިލާ އާއި ހަމައަށް އަރާއިރުވެސް ހަށިގަނޑަށް އެކަން އިހުސާސްވެ އެވެ.

އޮފީސް ތަކުގައި މަސައްކަތް ކުރާ އިރުވެސް އިށީނދެ 3 ނޫނީ 4 ގަޑި އިރު އިންނަން ޖެހޭ އިރު ގިނަ މީހުންނަކީ އެގޮތަށް ތިބެ ކޮންމެވެސް ލުއި ކާނާ އެއް ކެވޭ އާދައެއް ހަރުލާފައިވާ ބައެކެވެ.

މީގެ ސަބަބުން އެންމެ އެދެވިގެންވަނީ ފަތިހު ނަމަވެސް ދުވަން ގޮސް ޖިމަކަށް ދިއުމެވެ. ނޫނީ ދުވާ މެޝިނެއް ހޯދާ އޭގައި ދުވުމެވެ.

ދުވާލަކު 1 ގަޑީ އިރު ވަރުބަލިވާ ވަރަށް ކަސްރަތު ކުރަންވާނެއެވެ. މިވަރުވެސް ނުވާ ނަމަ ހަފްތާއަކު 150 މިނެޓު ކަސްރަތު ކުރުމަށް " ދަ މަޔޯ ކްލިނިކް"އިން ވަނީ އިލްތިމާސްކޮށްފައެވެ.

ބައެއް މީހުން ގެންގުޅޭ އޮޅު ޖަނަވާރު ގޮވައިގެންވެސް ހިނގާލަން ދެއެވެ. އަދި އަނެއްބައި މީހުން ކޮންމެވެސް ކުޅިވަރެއް ކުޅެއެވެ. މިއީވެސް މަސައްކަތުގައި އަވަދިނެތި އުޅޭ މީހުންނަށް ކަސްރަތު ކުރެވޭނެ ގޮތްގޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް