ކެޓްރީނާ އަގު ބޮޑު ހެދުމެއް ލައިގެން ބެލި އިރު ގަނެފައިވަނީ ޑިސްކައުންޓު އަގުގައި!

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް މާ އަގުބޮޑު ހެދުމެއް ގަނެގެން އެކަން އިންޑިއާ ނޫސްތަކަށް އަރަން ފަށައިފި އެވެ. ފިޔާތޮށި ކުލައި އެ ހެދުމުގައި ހުރީ ކަޅާއި ފިޔާތޮށި ކުލައި މަންޒަރެއް ޖަހާފައި އެވެ. ކުރ...

15 Jul 2021 | 06:15

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް މާ އަގުބޮޑު ހެދުމެއް ގަނެގެން އެކަން އިންޑިއާ ނޫސްތަކަށް އަރަން ފަށައިފި އެވެ.

ފިޔާތޮށި ކުލައި އެ ހެދުމުގައި ހުރީ ކަޅާއި ފިޔާތޮށި ކުލައި މަންޒަރެއް ޖަހާފައި އެވެ. ކުރު އެ ހެދުން ލައިގެން ކެޓްރީނާ ވަނީ ރީތި ވީޑިއޯއެއް އިންސްޓްގްރާމްގައި އާންމު ކޮށްފައި އެވެ.

އެ ޕޯސްޓުގައި ހުރީ ތަފާތު ގޮތް ގޮތަށް ހުއްޓިލައިގެން ނަގާފައިވާ ފޮޓޯތަކެއް ވީޑިއޯއަކަށް ބަދަލު ކޮށްލާފަ އެވެ. އަދި އެ ޕޯސްޓުގައި ކެޓްރީނާ ލައިގެން ހުރި ހެދުން އެކި ގޮތްގޮތަށް ދައްކާލަން އޭނާ މަސައްކަތް ކޮށްފައިވެ އެވެ.

ޕޯސްޓުގައި ލިޔެފައިވަނީ "ކަވާ މީ އިން ސަންޝައިން" އެވެ. އެ ޕޯސްޓަށް ނުވަ ލައްކައަށް ވުރެ ގިނަ މީހުން ލައިކް ދީފައިވާއިރު އިންޑިއާ މީޑިއާ ބަލަން ބޭނުންވީ އޭނާ ލައިގެން ހުރި ހެދުމުގެ އަގެވެ.

https://www.instagram.com/p/CRS7bf9h8Cy/

ރިޕޯޓުތައް ބުނާގޮތުގައި ސިބާރާ ޕްރިންޓުގެ އެ ހެދުން އޮންލައިންކޮށް ވިއްކަން ކުރީ 795 އެމެރިކާ ޑޮލަރަށެވެ. އެކަމަކު މިހާރު އެ ހެދުން ޑިސްކައުންޓު އަގުގައި ވިއްކަން ކުރީ 516 އެމެރިކާ ޑޮލަރަށެވެ.

ބެލެވޭ ގޮތޮތުގައި ހެދުމަށް އެ ހާބޮޑު ޑިސްކައުންޓެއް ދީފައިވަނީ ކޯވިޑާއި ގުޅިގެން ކަމަށްވެސް ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވެ އެވެ.

ކެޓްރީނާ ފަހަގަވެފައިވަނީ މިގޮތަށް އަގުބޮޑުކޮށް ގަންނަ ހެދުންތައް އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނަށް ދައްކާ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް