ހަނިމާދޫ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ފަށައިފި

ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ. އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން އާ ހާބަރު ބޭސިން ފުކުރުމު...

15 Jul 2021 | 05:49

ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން އާ ހާބަރު ބޭސިން ފުކުރުމުގެ 99 އިންސައްތަ މަސައްކަތް މިހާރު ނިމިފައި ވާކަމަށެވެ.

އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމާއި، 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ.

އަދި 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ އިތުރުން 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަންވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 57.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް