ތިނަދޫން އިތުރު އަށް މީހަކު ކޯވިޑަށް ފައްސިވެއްޖެ

ގދ. ތިނަދޫން އިތުރު އަށް މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. ތިނަދޫން އިއްޔެ ފައްސިވި އަށް މީހުންނަކީ ކުރިން ކޯވިޑަށް ފައްސިވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓް ވި މީހުންނެވެ. މިއާއެކު ތިނަދޫން ކޯވ...

15 Jul 2021 | 05:30

ގދ. ތިނަދޫން އިތުރު އަށް މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިނަދޫން އިއްޔެ ފައްސިވި އަށް މީހުންނަކީ ކުރިން ކޯވިޑަށް ފައްސިވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓް ވި މީހުންނެވެ. މިއާއެކު ތިނަދޫން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 876 އަށް އަރާފައެވެ.

ތިނަދޫން ކޯވިޑް ފެނުނުތާ ދެ މަސް ވެފައިވާއިރު، އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ކޮވިޑަށް ފައްސިވަމުންނެވެ.

އެރަށުގައި މިހާރު ޖުމްލަ ބަލި ޖެހިފައި ތިބީ 166 މީހެކެވެ. މީގެތެރެއިން އެކަކަށް ކޯވިޑް ފެސިލިޓީގައި ދަނީ ފަރުވާދެމުންނެވެ.

ތިނަދޫން ކޯވިޑް ޖެހުނު ދެ ފިރިހެނަކު ވަނީ ނިޔާވެފައެވެ.

ތިނަދޫ އަކީ މިވަގުތު އަތޮޅު ތެރޭގައި ކޯވިޑްގެ ހާލަތު އެންމެ ގޯސްކޮށް އޮތް ރަށެވެ. މިހާރު24 ގަޑިއިރު އެ ރަށުގައި ކާފިއު ހިންގަމުން ދާއިރުވެސް ކޯވިޑް އެއްކޮށް ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް