ދީނީ އިލްމުވެރިޔާ ޝައިޚް ޖައުފަރު ފާއިޒު ނިޔާވެއްޖެ

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް ޖައުފަރު ފާއިޒު ނިޔާވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާލާސްކަންފުޅާ އުޅުއްވާތީ ޖައުފަރު ހޮސްޕިޓަލްގައި އެޑްކޮށްގެން ފަރުވާދެމުން އަންނަތާ މަހަ...

15 Jul 2021 | 04:57

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް ޖައުފަރު ފާއިޒު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާލާސްކަންފުޅާ އުޅުއްވާތީ ޖައުފަރު ހޮސްޕިޓަލްގައި އެޑްކޮށްގެން ފަރުވާދެމުން އަންނަތާ މަހަކާ ގާތްވެއްޖެ އެވެ.

އައްޑޫ ސިޓީ މީދުއަށް ނިސްބަތްވާ ޝައިޚް ޖައުފަރަށް ކޯވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މީގެކުރިން ފަރުވާދީފައިވެ އެވެ. އޭގެފަހުން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދީފައިވެ އެވެ.

ޝެއިޚް ޖައުފަރު ފާއިޒަކީ މަދަރުސަތުލް އާލިޔާގައި 1990ގެ އަހަރުތަކުގައި، ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އަވަހާރަވިއިރު ޝައިޚްގެ އުމުރުފުޅަކީ 65 އަހަރެވެ.

ޝައިޚް ޖައުފަރު ފާއިޒަކީ ދީނީ އިލްމު ފެތުރުއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން މުދައްރިސުކަން ވެސް ކުރައްވާފައެވެ. މިހާރުވެސް ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ޝައިހް ޖައުފަރުގެ ދަރިވަރުން އެބަތިއްބެވިއެވެ.

ޝައިޚް ޖައުފަރު ފާއިޒް އަވަހާރަވުމުން ވަރަށް ގިނަ ބޭފުޅުން ގެންދަވަނީ އޭނާ އަށް ހެޔޮ ދުއާ ކުރައްވާ މީސް މީޑިއާގެ އެކި މަންސަތަކުގައި ބަޔާންތައް ލިޔުއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް