ކުރިޔަށް އޮތް ދިގު ބަންދުގައި ބީއެމްއެލްއިން ދެ ދުވަހު ހިދުމަތް ދޭނެ

އަލްހާ އީދާއި މިނިވަން ދުވަހާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި ބޭންކުން ހިދުމަތް ދޭނީ ދެ ދުވަހު ކަމަށް ބީއެމްއެލް އިން މިއަދު ބުނެފި އެވެ. އެ ބޭންކުން ބުނީ ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސ...

15 Jul 2021 | 04:38

އަލްހާ އީދާއި މިނިވަން ދުވަހާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި ބޭންކުން ހިދުމަތް ދޭނީ ދެ ދުވަހު ކަމަށް ބީއެމްއެލް އިން މިއަދު ބުނެފި އެވެ.

އެ ބޭންކުން ބުނީ ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކުގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ މި މަހުގެ 21 އަދި 27 ގައި ކަމަށެވެ. މި ދެ ދުވަހު ބޭންކުން ހިދުމަތް ދޭނީ ހެނދުނު 8:30 އިން މެންދުރު 2:00 އަށެވެ.

ބޭންކް ހުޅުވާފައި ހުންނަ ދުވަސްތަކުގައި ރާއްޖޭން ބޭރަށް ނުވަތަ އެހެން ބޭންކަކަށް ފައިސާ ފޮނުވަން ހެނދުނު 11:00ގެ ކުރިން ލިބޭ ރިކުއެސްޓިތައް އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށާއި މުސާރަ ޖަމާކޮށްދިނުމަށް މެންދުރު 12:00ގެ ކުރިން ފޮނުވާ ރިކުއެސްޓްތައް އެ ދުވަހު ޕްރޮސެސް ވާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ. މީގެ ފަހުން ފޮނުވާ ރިކުއެސްޓްތައް ޕްރޮސެސް ވާނީ ދެން ބޭންކު ހުޅުވޭ ދުވަހަކުންނެވެ.

ބީއެމްއެލް އިން މި ދުވަސްވަރު ހިދުމަތް ދެނީ އޮންލައިންކޮށް ނަންބަރު ދޫކޮށްގެންނާއި އެޕޮއިންޓްމަންޓަށެވެ. ބޭންކް ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރު 12:00 އާ ހަމައަށް ކިއުބީ އެޕް ބޭނުންކޮށްގެން ނަންބަރު ނެގޭނެ އެވެ. ކިޔޫގައި ތިބި މީހުންގެ އަދަދު ވެސް މި އެޕުން ބަލައިލެވޭނެ އެވެ.

އެކައުންޓް އޯޕަނިން ސެންޓަރާއި، ލޯން ސެންޓަރާއި ބިޒްނަސް ސެންޓަރުން ހިދުމަތް ދޭނީ އެޕޮއިންޓްމަންޓަށެވެ. އެގޮތުން، ބޭންކުގެ ވެބްސައިޓް  https://www.bankofmaldives.com.mv/book-appointment މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް