ކޮޅުފުށި ފަރަށް ކަންނެލި ދޯންޏެއް އުރިއްޖެ

ކަންނެލި މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއް މ ކޮޅުފުށި ފަރަށް އުރިއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ދޯންނަށް އެހީތެރި...

15 Jul 2017 | 18:02

ކަންނެލި މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއް މ ކޮޅުފުށި ފަރަށް އުރިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ދޯންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"މި ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 22:20 ހާއިރު، ކޯސްޓްގާޑް ހާބަރ ކްރާފްޓް މިހާރު ދަނީ އެ ސަރަހައްދަށް ދަތުރު ކުރަމުން" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެ ދޯނީގައި 10 މީހަކު ތިބި ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

އެ ދޯންޏާއި ދިމާއަށް ދަތުރުކުރަމުން އަންނަ އެހެން ދޯންޏެއްގައި ހުރި މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ ދޯނި ފަރަށް އުރުމުން ގުޅީ މިރޭ 22:00 ހާއިރު ކަމަށާއި ދޯނީގައި ހުރި އައިސް ފޮށި ތަށް އޮޔާ ގޮސްފައިވާއިރު ދޯނީގެ އިންޖީނު ރޫމަށްވެސް ލޮނުގެ އަސަރު ކޮށްފައިވާކަމަށް ދޯނީގެ ކެޕްޓަނު ބުނާ ކަމަށެވެ.

ތަފްސީލް އަންނަނީ ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް