އީސީސީގައި އަޅާ ހޮސްޕިޓަލް އަންނަ އަންނަ އަހަރުގެ ޖުލައިއަށް ނިމޭނެ

އައްޑޫ އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)، ގައި ޓާޝިއަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް އެލިއާ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަސައްކަތް އަންނަ އަހަރުގެ ޖުލައިގައި ނިމޭނެ...

15 Jul 2017 | 15:13

އައްޑޫ އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)، ގައި ޓާޝިއަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް އެލިއާ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަސައްކަތް އަންނަ އަހަރުގެ ޖުލައިގައި ނިމޭނެ ކަމަށް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

އެލިއާއިން އެ މަސައްކަތް މިހާރު ފާށައިގެން ކުރިޔަށް ގެންދާއިރު އިއްޔެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށް ވަޑައިގެންނެވި އެވެ. އެ ޒިޔާރަތަށްފަހު މިނިސްޓަރު ވިދާޅުވެފައިވަނީ ވަރަށް ހަލުވިކަމާއި އެކު ކުރިޔަށްދާ ކަމަށާއި އެ ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

އީސީސީގައި 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލެއް އެޅުމަށް އެލިއާ އާއި ހަވާލުކޮށްފައިވަނީ 161 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 18 މަސްތެރޭގައި ނިންމާ ގޮތަށެވެ.

އެ ކުންފުނިން އީސީސީގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ހާމައަށް ހުންނަ ދެވަނަ ބުރި ދެ ބުރީގެ އިމާރާތަކަށް ހެދުމެވެ. އޭގެ އިތުރުން، މިހާރު ހުރި ހުރިހާ ކޮޓަރިއެއް ހޮސްޕިޓަލެއްގައި ހުންނާނެ ފަދަ ކޮޓަރިތަކަށް ބަދަލުކޮށް، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނެއްގައި ހުންނާނެ އިންޓީރިއާ ހުރިހާ ކަމެއް ފުރިހަމަ ކުރުމެވެ.

މީގެ ކުރިން ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ އީސީސީގައި ހޮސްޕިޓަލް އަޅަން ނިންމީ 100 އެނދުގެ ހޮސްޕިޓަލެއް އަޅާނަމަ މިހާރު އެ އިމާރާތް ހޮސްޕިޓަލަކަށް ބަދަލު ކުރަން ކުރަންޖެހޭ ހަރަދުގެ ދެ ގުނަ ކުރަން ޖެހޭނެތީ ކަމަށެވެ.

މި ހޮސްޕިޓަލް އެޅުމަށް އޯޕެކް ފަންޑާއި ސައުދީ ފަންޑުން ފައިސާ ހަމަޖައްސައި ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް