ބިޔޯންސޭއަށް ލިބުނު އެއްމާބަނޑު ދެކުދިން ދައްކާލައިފި

އެމެރިކާގެ މަޝްޙޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ނޯލްސްއަށް ލިބުނު އެއްމާބަނޑު ދެކުދިން ފުރަތަމަ ފަހަރަށް ޢާންމުންނަށް ދައްކާލައިފި އެވެ. އެކުދިން ދައްކާލާފައިވަނީ އެކުދިންނަށް އެއް މަސް ފުރުމުގެ މުނާސަބ...

15 Jul 2017 | 03:58

އެމެރިކާގެ މަޝްޙޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ނޯލްސްއަށް ލިބުނު އެއްމާބަނޑު ދެކުދިން ފުރަތަމަ ފަހަރަށް ޢާންމުންނަށް ދައްކާލައިފި އެވެ.

އެކުދިން ދައްކާލާފައިވަނީ އެކުދިންނަށް އެއް މަސް ފުރުމުގެ މުނާސަބަތުގައި ބިޔޯންސޭ އޭނާގެ އޮފިޝަލް އިންސްޓަގުރާމް އެކައުންޓުގައި ޝާއިޢުކުރި ފޮޓޯއަކުންނެވެ.

ބިޔޯންސޭވަނީ އެކުދިންނަށް ދީފައިވާ ނަންވެސް އެ ޕޯސްޓުގައި ލިޔެފަ އެވެ. އެއް ކުއްޖަކަށް، ކާޓާރ ކިޔާއިރު އަނެއް ކުއްޖާއަށް ކިޔަނީ ރޫމީ އެވެ.

އެއް ގަޑިއިރުގެ ތެރޭގައި އެ ފޮޓޯއަށް ދެ މިލިއަން ލައިކްސް އިންސްޓަގުރާމުގައި ލިބިފައިވެ އެވެ.

އުމުރުން 35 އަހަރުގެ ބިޔޯންސޭއާއި، ލަވަކިޔުންތެރިޔާ ޖޭ ޒެޑް އިނދެގެން މިހާރު ތިން ކުދިން ލިބިފައި ތިބެ އެވެ. އެންމެ ދޮށީ، އުމުރުން ފަސް އަހަރުގެ ބުލޫ އައިވީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް