ސިންގަޕޫރު ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު މައުމޫން މާލެ ވަަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި 10 ދުވަހުގެ ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މާލެ ވަޑައިގެންފި އެވެ. ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިމަހުގެ އަށްވަނަ ...

15 Jul 2017 | 03:36

ސިންގަޕޫރަށް ކުރެއްވި 10 ދުވަހުގެ ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މާލެ ވަޑައިގެންފި އެވެ.

ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިމަހުގެ އަށްވަނަ ދުވަހުގެ ރެ އެވެ. މިރޭ ރައީސް މައުމޫން ކުއްލިގޮތަކަށް ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވި ސަބަބެއް ނޭނގެ އެވެ.

އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި އެކު އަމިއްލަ ދަތުރުފުޅެއްގައި އެވެ.

ބޭރަށް ފުރާވަޑައިގެންނެވުމުގެ ކުރިން މައުމޫން މިކަން އެންޓީ ކޮރަޕްޝަން ކޮމިޝަނަށް ސިޓީއަކުން އަންގަވާފައި އެވެ. އޭސީސީން ވަނީ ތީމުގޭ އޮޑިޓު ރިޕޯޓައި ގުޅޭގޮތުން މައުމޫންގެ ބަޔާނެތް ނަގަން ބޭނުންވާ ކަަމަށް ބުނެ ސިޓީއެއް ފޮނުވާފައި އެވެ. މައުމޫން އޭސީސީއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެ ބަޔާން ގައުމަށް އެނބުރި ވަޑައިގެން ދެއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް