މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 05 ރަބަރު ޕެކެޓާ އެކު މީހަކު ރ.ދުވާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޢުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި މި މިހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އާއްމު ފަރާތަކުން ދިންމަޢުލޫމާތަކާއި ގުޅިގެން ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 2015 ޖުލައި 14 ވަނަ ދުވަހުގެ 17:00 ހާއިރުކަމަށެވެ.
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 05 ރަބަރު ޕެކެޓް ފެނިފައިވަނީ މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރިއިރު މި މީހާގެ ވޮލެޓް ތެރެއިން 02 ރަބަރު ޕެކެޓާއި އެ ވަގުތު މި މީހާ އަތުގައި އޮތް ނޫ ކުލައިގެ ކޮތަޅެއް ބިއްމައްޗައް ވައްޓާލުމުން އެ ކޮތަޅު މި މީހާގެ ހާޒިރުގައި ބަލައި ފާސްކުރިއިރު އެ ކޮތަޅު ތެރެއިން 03 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
މި މައްސަލަ ރ.ދުވާފަރު ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީގް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް