ޗައިނާގެ ޝަންހާއީގައި ވާލްޓް ޑިސްނީ ގެ ފަރާތުން މުޅިން އާ "ޑިސްނީ ލޭންޑް" އެއް ހަދާކަން އެ ކުންފުނިން އިއުލާނު ކޮށްފިއެވެ.
މިއީ ޗައިނާގައި ހުޅުވާ ފުރަތަމަ ޑިސްނީ ލޭންޑް އަށް ނުވިނަމަވެސް މިފަހަރު ހުޅުވާ ޑިސްނީ ލޭންޑްގައި ހަ ޑިސްނީ ތީމްޑް ސަރަހައްދާއި ދެ ހޮޓަލާއި، ވަގުތުން ހަރަކާތްތައް ގެނެސްދޭ ސަރަހައްދުތަކުގެ އިތުރުން މިހާތަނަށް ހެދޭ އެންމެ ބޮޑު ޑިސްނީ ކާސަލް ވެސް ހިމެނޭނެއެވެ. މި ޑިސްނީ ލޭންޑްގައި "ޕައިރޭޓްސް އޮފް ދި ކެރީބިއަން" އާއި "ޓްރޯން" ގެ އިތުރުން ވާލްޓް ޑިސްނީ އިން މިހާރު ތައްޔާރުކުރަމުންދާ "ޓްމޯރޯ ލޭންޑް" އަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތީމް ޕާކްތައް ހިމަނާނެއެވެ.
5.5 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ހަދާ މި ޑިސްނީ ލޭންޑް ހުޅުވާނީ ދެން އަންނަ ހޫނުމޫސުމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް