ރައީސްގެ ސިޓީފުޅެއް އޮމާންގެ ފޮރިން ސެކްރެޓަރީއަށް ރައީސް މައުމޫން އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސިޓީފުޅެއް އުމާންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޖެނެރަލް، ބަދްރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސައިދީއަށް ރައީސް މައުމޫން އަރުވަ...

15 Jul 2015 | 18:43

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސިޓީފުޅެއް އުމާންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޖެނެރަލް، ބަދްރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސައިދީއަށް ރައީސް މައުމޫން އަރުވައިފިއެވެ.

މި ސިޓީފުޅު އެރުވީ، ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އުމާންގެ ފޮރިން އެފެއާޒް ސެކްރެޓަރީ ޖެނެރަލާ މިއަދު ހެނދުނު ބައްދަލުކުރައްވައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ  ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. މި ބައްދަލުކުރެއްވުން އޮތީ އުމާންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. މި ބައްދަލު ކުރެއްވުމުގައި ދިވެހި ދައުލަތުގެ ސަފީރު ޢަބްދުﷲ ޙަމީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ ހުޝާމް ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް