ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ކްލަބު ވެލެންސިއާއާއި އެންމެ ފަހުގެ ޗެމްޕިއަން ސޮކާ ވެޓެރަންސްއިން ޖާގަ ހޯދައިފިއެވެ.
ފައިނަލުގެ ޖާގައެއް ވެލެންސިއާ ހޯދީ ދެ ނަންބަރު ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގައި ވެޓެރަންސް މާލޭ ވެޓެރަންސް ބަލިކުރުމަށްފަހުއެވެ. މިމެޗުން ވެލެންސިއާ މޮޅުވީ 5-1 ލަނޑުންނެވެ. މެޗުގައި ވެލެންސިއާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އައްސަދު އަބްދުލްޤަނީއާއި އިސްމާއިލް އަނިލްއާއި މުހުތާރު ނަސީރު (ޓޫކިލޯ) އާއި އަލީ ރަޝީދު އަދި އަހުމަދު ނަސީމްއެވެ. މެޗުގައި މާލޭ ވެޓެރަންސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ޝާކިރު (ޝާކިއްޓޭ) އެވެ.
ފައިނަލުގެ ޖާގައެއް ސޮކާ ވެޓެރަންސް ހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބީޖީ ސްޕޯޓްސް އަތުން މޮޅުވުމަށްފަހުއެވެ. މިމެޗުން ސޮކާ ވެޓެރަންސް މޮޅުވީ 3-1 ލަނޑުންނެވެ. އެއް ނަންބަރު ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗުގައި ސޮކަ ވެޓެރަންސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ޝަމީމް (ކޮޔަރު އައްޔަ) އާއި މުހައްމަދު ނިޒާމް (ތޮއްޑޫ) އަދި އިބްރާހިމް ހަލީމް (ޖަޑާ) އެވެ. މިތިން ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފްގައެވެ. ބީޖީގެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސުޖާއު އެވެ.
މި މުބާރާތުގެ ފައިނަލްގައި ވެލެންސިއާ އާއި ސޮކަ ވެޓެރަންސް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހު ހަވީރު 4:20 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް