އެމަޖެންސީ ހާލަތުގައި ފްލައިޓެއް ހައިވޭއަކަށް ޖައްސައިފި

އެމަޖެންސީ ހާލަތުގައި އެމެރިކާގެ ނިއު ޖާޒީގެ ހައިވޭއަކަށް ފްލައިޓެއް ޖައްސައިފިއެވެ. މިފްލައިޓް އެމަޖެންސީ ހާލަތަށް އައީ ފްލައިޓްގެ އިންޖީނު ހުއްޓުމާއި ގުޅިގެންއެވެ. ސްކައި ޑައިވް ކުރަން ބޭނުން ކުރާ މ...

15 Jul 2015 | 15:07

އެމަޖެންސީ ހާލަތުގައި އެމެރިކާގެ ނިއު ޖާޒީގެ ހައިވޭއަކަށް ފްލައިޓެއް ޖައްސައިފިއެވެ.

މިފްލައިޓް އެމަޖެންސީ ހާލަތަށް އައީ ފްލައިޓްގެ އިންޖީނު ހުއްޓުމާއި ގުޅިގެންއެވެ.

ސްކައި ޑައިވް ކުރަން ބޭނުން ކުރާ މި ފްލައިޓް ޖެއްސި ހައިވޭ އަކީ ކާރު ބާރު ބޮޑު ހައިވޭއެކެވެ.އެމެރިކާގެ ސްޓަފޯޑް ޓައުންޝިޕް ފުލުހުން އާންމުކޮށްފައިވާ މިހާދިސާގެ ފޫޓޭޖްއިން ފެންނަގޮތުން ފުލައިޓް ޖައްސަން އުޅުމުގެ ތެރޭގައި ކާރުތައް ފްލައިޓްގައި ނުޖެހި މަޑުވަނީ ހަމަ ކިރިޔާއެވެ.

"ސްކައިޑައިވް އީސްޓް ކޯސްޓް" ، ސްކައި ޑައިވިން ސްކޫލްއަށް ނިސްބަތްވާ ފްލައިޓް ދަތުރުކުރަމުން ދިޔައީ ސްކައި ޑައިވިން ދަސްކުރަން އުޅުނު ދަރިވަރުން ތަކަކާއި ސްކައިޑައިވް އިންސްޓްރަކްޓަރެއް ގޮވައިގެންއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއްނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް