މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަނީ

މެދުކަނޑާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށާނެކަން މަޖިލީހުން އަންގައިފި އެވެ. އެގޮތުން ހޯމަ ދުވަހު ޖަލްސާ އޮންނާނެކަން މަޖިލީހުގެ އިދާރާއިން ވަނީ މެމްބަރުންނަށް އަންގާ...

15 Jul 2015 | 14:09

މެދުކަނޑާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށާނެކަން މަޖިލީހުން އަންގައިފި އެވެ.

އެގޮތުން ހޯމަ ދުވަހު ޖަލްސާ އޮންނާނެކަން މަޖިލީހުގެ އިދާރާއިން ވަނީ މެމްބަރުންނަށް އަންގާފަ އެވެ.

ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާއިރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޑރ. މުހައްމަދު ޖަމީލުގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މަޖިލީހުގެ އެޖެންޑާ އެ އިދާރާއިން އަދި އާންމުކޮށްފައެއް ނުވެ އެވެ.

ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ފާސްކުރުމަށް 57 ވޯޓު ބޭނުންވާއިރު އެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީވެސް 62 މެމްބަރުންގެ ސޮޔާއެކުގަ އެވެ.

އެ މައްސަލައިގާ ޖަވާބުދާރީ ވުމަށް ނައިބު ރައީސަށް ދީފައިވާ 14 ދުވަހުގެ މުއްދަތު ހަމަވެފައިވާއިރު ޖަވާބުދާރީ ވެފައި ނުވާކަމަށް މައުލޫމާތު ލިބެ އެވެ.

ސަރުކާރުގެ ކޯލީޝަނުން ބޭނުންވަނީ ނައިބު ރައީސް ޖަމީލުގެ އިތުބާރުނެތްކަމަށް ނިންމުމަށްފަހު އެ މަގާމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގެނައުމަށެވެ. އަދި އެކަން ޖުލައި 26 ކުރިން ނިންމަން ބޭނުންވާކަމަށް ކޯލީޝަންގެ ބައެއް މެމްބަރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް